ސަލާމްކުރުން ގިނަކުރާށެވެ! އެއީ ފާފަތައް ފުއްސަވައިދެއްވަވާވެސް ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސަލާމްކުރުން ގިނަކުރާށެވެ! އެއީ ފާފަތައް ފުއްސަވައިދެއްވަވާވެސް ކަމެކެވެ!

މުސްލިމުން ބައްދަލުވާހިނދު އެކަކު އަނެކަކަށް ސަލާމްކުރުން ގިނަކުރާށެވެ. އެކަމުން ކުރާ ފައިދާތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ސަލާމްކުރާ ދެމީހުންގެ ފާފަތައް ފުއްސަވައިދެއްވެވުންވެސް ހިމެނެއެވެ.  

މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމްކުރުމަކީ އަޅުކަމެކެވެ. ގެއަކަށް ވަންނަ ނަމަވެސް ސަލާމް ގޮވައި ގޭގެ އަހުލުވެރިންގެ ހުއްދަ ހޯދަންޖެހެއެވެ.  

ސަލާމް ކުރުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ދެ މުސްލިމުން ބައްދަލުވެ ސަލާމް ކުރުމުން އެދެމީހުންގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާކަން މި ޙަދީޘްފުޅުން އެނގެން އޮތުމެވެ.  

The prophet (peace be upon him) once said that

“when two Muslims meet (give salaams) and shake hands, they are forgiven their sins before they part (with each other)."

(Abu Dawud) 

ރަސޫލާ ޙަދީޘް ކުރެއްވެވި:އެވެ.

"ސަވާރީވެ ހުންނަމީހާ ހިނގާފައިދާ މީހާއަށް، ހިނގާފައިދާމީހާ އިށީދެއިންނަ މީހާއަށް، މަދު މީހުން ގިނަ މީހުންނަށް، ކުޑަކުދިން ބޮޑެތިމީހުންނަށް ސަލާމް ގޮވާހުށިކަމެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން