އަހުރެން އިސްލާމް ދީން އުނގެނެމުން ދިއަ ދުވަސްވަރު ހިތުގައި އުފެދުނު ސުވާލެކެވެ. "ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރީމާ އެމީހާ އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟"
މިސުވާލު އުސްތާޛަކާއި ކުރުމުން ވިދާޅުވިއެވެ. "ތިބާ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ، އަދި އެންމެ ބޮޑަށް މަތިވެރިކުރައްވަވާފައިވާ އިންސާނާ ދެކެ ލޯބިވުމުން ﷲ ތަޢާލާ ތިބާދެކެ ލޯބިބިވެވޮޑިގަންނަވަނީއެވެ. އަދި އެދޭ ކަންކަން ހިންމަވައިދެއްވަވަނީއެވެ."
އަހުރެންމެ މިސުވާލާއި އުސްތާޛްގެ މިޖަވާބު މިހާރުވެސް އަހުރެންގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ. މިއަދު އަހުރެންގެ ހުރިހާ ދަރިވަރުންގެ ގާތުގައި މިވާހަކަ ދައްކަމެވެ. އަދި ބުނަމެވެ.
ތިބާ ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރަން އޮތް އެންމެ ފަސޭހަ އެއް މަގަކީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރުން ގިނަކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބި ތިބާ ބޭނުންވާ ކަންކަން ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޑރ. މަރުވާ އައްސާރު