މައިންބަފައިން ދޫކޮށްފައިދާ ފައިސާ ޚަރަދުކުރަން އެންމެ ރަނގަޅު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މައިންބަފައިން ދޫކޮށްފައިދާ ފައިސާ ޚަރަދުކުރަން އެންމެ ރަނގަޅު ގޮތް-

މިހާރުވެސް ޢާއިލާއަކަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މަންމަ ނިޔާވިއިރު އެކައުންޓުގައި ފުދޭވަރަކަށް ފައިސާ އެބަހުއްޓެވެ. ބޭރު ޤައުމެއްގައި މިސްކިތެއް އެޅޭވަރަށްވުރެ ގިނައިންވެސް އެބަހުއްޓެވެ. ރާއްޖޭގައިނަމަ މިސްކިތެއް އަޅަން ބައިވެރިވެވޭވަރަށް އެބަހުއްޓެވެ. 

އެއްބައި ދަރިން ބޭނުންވަނީ މަންމަގެ ނަމުގައި މިސްކިތެއް އަޅާށެވެ. އަނެއްގައި ދަރިން ބޭނުންވަނީ ފައިސާ ބަހާށެވެ! އެހެންވެ ބެހުމުގެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. 

މައިންބަފައިން ދޫކޮށްފައިދާ ފައިސާ އާއިމެދު ޢަމަލުކުރަން އޮތް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ. "ބައްޕަ މަރުވިއިރު ދޫކޮށްފައިދިއަ ފައިސާއިން ބައްޕަގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްނަމަ ނިންމާފައި ބާކީވާބައި އެއީ ވާރުތަވެރިންގެ ޙައްޤެކެވެ. ވީމާ އެފައިސާ ޖެހޭނީ ވާރުތަވެރިންގެ މެދުގައި ޝަރިޢާ ހަމަތަކާއި އެއްގޮތަށް ބަހާށެވެ!" 

އެއީ އެކަން އޮތް ގޮތެވެ! އެފައިސާއަކީ ދަރިންގެ ޙައްޤަކަށްވާތީއެވެ. ސުވާލަކީ މަންމަ ނުވަތަ ބައްޕަ މަރުވުމުން އެމީހުންނަށް ދެން އިތުރު ހެޔޮކަމެއް ނުކުރެވޭނެއިރު އެމީހުންނަށްޓަކައި ދެމިގެންވާ ޞަދަޤާތެއްކޮށް (މިސްކިތް އެޅުން ފަދަ) އެމީހުންނަށް ޘަވާބު އިތުރުވާނެ ގޮތަކަށް ކަންތައް ކުރުން ކީއްހެއްޔެވެ؟ އަމިއްލަ ނަފްށާއި ސުވާލުކޮށްލާށެވެ! ހިތަށްއަރުވާށެވެ! މަރުވެފައިވަނީ ތިމާއެވެ! ތިމާ ދޫކުރި ފައިސާއިން ތިމާގެ ދަރިންގެ ކިބައިން ތިމާ އެދޭނީ ކޮންގޮތަކަށް ހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު ވިސްނައިފިނަމަ ރަނގަޅު ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން