މިއަދުކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކުރިމަތީގަ ހުންނައިރު ހެޔޮއެދޭކަން ދައްކަން ހިނިތުންވެފަ އެނބުރިލުމަށްފަހު ބަދުދުޢާކުރާ މީހުން ގިނަވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މިއަދުކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ކުރިމަތީގަ ހުންނައިރު ހެޔޮއެދޭކަން ދައްކަން ހިނިތުންވެފަ އެނބުރިލުމަށްފަހު ބަދުދުޢާކުރާ މީހުން ގިނަވުން!

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ ގިނައީ މުނާފިޤުންނެވެ. ކުރިމަތީގައި ހުންނައިރު ހެޔޮއެދޭކަން ދައްކަން ހިނިތުންވާނެއެވެ. ފުރަގަހަށް އެނބުރިލުމަށްފަހު ކުރާނީ ބަދުދުޢާއެވެ. މިފަދަ މީހުންނަށް ކިޔާނީ މުނާފިޤުން ނޫން ދެންއެހެން ކޮންނަމެއް ހެއްޔެވެ؟ 

ދަސްކުރަންޖެހޭ ފިލާވަޅަކީ ފައިދާކުރާނީ އެކުވެރިން ގިނަވުމުން ނޫންކަމާއި ފައިދާކުރާނީ ޢަދަދު ކިތަންމެ މަދުނަމަވެސް ހެޔޮލަފާ މީހުންނާއި ގުޅިގެން އުޅުމުންކަމެވެ. މިއަދުގެ ޙާލަތުގައި އެކުވެރިންގެ ޢަދަދު ގިނަވުމަކީ އަމިއްލައަށް ލިބިގަންނަ އަނިޔާއެކެވެ. 

އެކުވެރިންގެ ގޮތުގައި އުޅެމުން ހެޔޮ އެދުމުގެ ބަދަލުގައި ގެއްލުންދޭން މަސައްކަތްކުރާ މީހުންވެސް ވަރަށް ގިނައެވެ. ޢާއިލީ ގުޅުންތަކަށް ޙަސަދަލައި ހުރަސް އަޅަން މަސައްކަތްކުރާ މީހުންވެސް ވަރަށް ގިނައެވެ. ވީމާ އެކުގައި ގެންގުޅޭނެ އެކުވެރިން ހޮވަންވާނީ ވަރަށް ބޮޑަށް ފުރާނައިގެންނެވެ. އެކަމަށް ސަމާލުކަންދީގެންނެވެ. 

މިވާހަކަކޮޅު ބުނެލުމުގެ ބޭނުމަކީ އެއްވެސް މީހަކާއި ނުގުޅި އެކަނި އުޅެން ބުނުމެއް ނޫނެވެ. ނަމަވެސް މިކަމުގެ ނުރައްކާތެރިކަން ބޮޑުވެފައި އޮތްވަރުން އެންމެންގެ ސަމާލުކަމަށް ގެނައުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން