ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޢައިޝާ ރަޟިޔަﷲ ޢަންހާ ރިވާ ކުރައްވަނީ، އެއްދުވަހަކު އަންހެން ބޭކަނބަލަކު ވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ދަންނަވަނީ ސުވަރުގެވަންތަ ވެރިންނާ ބެހޭގޮތުން، އެކަނބުލޭގެ ސުވަރުގެއަށް ވައްދަވައިދެއްވުން އެދި ދުޢާ ކޮށްދިނުމަށް. އެހިނދުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ މުސްކުޅިން ސުވަރުގެއަކަށް ނުވަންނާނެތެވެ. އެހިނދުގައި އެކަމަނާ ދެރަވެ ވަޑައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަމާސާފުޅު ބަސްފުޅެއް ވިދާޅުވީ. އެހެންނަމަވެސް އެކަމަނާއަށް އަސްލު އެކަލޭގެފާނާ ކުރިން އޮތް ގާތްކަމާއި އެ ސަމާސާ މަތިން އެވަގުތުގައި ހަނދުމަ ނެތުނީ އެކަމަނާގެ ހިތުގައި އުފެދިފައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ސުވަރުގެއަށް. އެ މަންޒަރު ދެކެވަޑައިގެން ޢައިޝާ ރަޟިޔަﷲ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދަންނަވަނީ އެކަމަނާ ހިތުގައިޖެހޭގޮތްވިއޭ ކަލޭގެފާނު މުސްކުޅިން ސުވަރުގެއަށް ނުވަންނާނެ ވާހަކަ ޙަދީޘް ކުރެއްވީމަ. އެކަލޭގެފާނު ޙަދީޘް ކުރެއްވީ، އާދޭހެ ތިމަންކަލޭގެފާނު ހަދީޘްކުރެއްވީ ތެދުފުޅެކެވެ. ﷲ ސުބޫޙާނަހޫ ވަތަޢާލާ މުސްކުޅިންނެއް ސުވަރުގެއަކަށް ނުވައްދަވާނެތެވެ. އެބައިމީހުން ތިބޭނީ ޒުވާންކަމުގެ ޢުމުރުގައެވެ. އެހެންމަ ސުވަރުގެއަށް ކޮންމެ މީހަކު ވެއްދެވުނުކަމުގައި ވިޔަސް އެމީހަކު ވާނީ ޒުވާން ކަމުގެ ޢުމުރުގަ.
އަނެއް ސިފައަކީ އެކަނބަލުންނަކީ ބިކުރުވެރި ހާލަތުގައިވާ ބޭކަނބަލުން. އަބަދުވެސް އެކަނބަލުންނަކީ ބިކުރުވެރި ހާލަތުގައިވާ ބޭކަނބަލުން. އަންހެނެއްގެ ކިބައިގައި ވާނެ އެންމެ ތާޒާކަމާއި، އަންހެނެއްގެ ކިބައިގައި ވާނެ އެންމެ ލޮބުވެތި ކަމަކީ އެއީ. އެހެންވެ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަނީ (އަރަބި) "ތިމަން އިލާހު އެކަނބަލުން ޚަލްޤު ކުރެއްވުމަކުން ޚަލްޤު ކުރައްވަމެވެ." މާނައަކީ ސުވަރުގެ ވަންތަވެރިންނަށްޓަކާ އެބޭކަނބަލުން ސުވަރުގޭގައި ޚަލްޤު ކުރައްވަމެވެ. (އަރަބި) " އެބޭކަނބަލުންނަކީ ބިކުރުވެރި އަންހެނުންތަކެއް ގޮތުގައި ތިމަން އިލާހު ލައްވަވާ ހުށީމެވެ." އެހެން އާޔަތެއްގައި ﷲ ސުބޫހާނަހޫ ވަތަޢާލާ ރަޙްމާނު ސޫރަތުގައި ވަޙީ ކުރައްވަނީ (އަރަބި) ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. " އެ ފިރިން އެކަނބަލުންނާ ހަމައަށް ދިޔުމުގެ ކުރިން ޖިންނިއެއްވެސް އިންސިއެއްވެސް އެބޭކަނބަލުން ގައިގައި ބީހިލާފައެއްވެސް ނުވާނެއެވެ."
- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން