ތިމާގެ އަތުން އެންމެ އިނގިއްޔެއް ހިއްލާނުލައި ޙަސަދަވެރިން ބަލިކުރަން ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތިމާގެ އަތުން އެންމެ އިނގިއްޔެއް ހިއްލާނުލައި ޙަސަދަވެރިން ބަލިކުރަން ބޭނުންކުރެވިދާނެ ބައެއް އުކުޅުތައް-

ފުރަތަމަ ކަމަކަށް ތިބާގެ ސިއްރުތައް ހާމަނުކުރާށެވެ! ލިބޭ ކާމިޔާބީވެސް ހާމަނުކުރާށެވެ! ބައިވެރިޔާގެ ކިބައިން ލިބޭ އުފާވެރިކަންވެސް ހާމަނުކުރާށެވެ! 

ދެވަނަ ކަމަކަށް އެއްވެސް އެކުވެރިއަކާއި ސިއްރު ގުޅުމެއް ނުބާއްވާށެވެ. ތިމާގެ މައްޗަށް ބާރުގަދަކުރުމުގެ ފުރުޞަތު ލިބޭނެ އެއްވެސް ކަމެއް އެއްވެސް މީހަކު ލައްވައި ނުކުރުވާށެވެ. އަދި ތިބާގެ އެއްވެސް އުނިސިފައެއް، ބަލިފައެއް އެނގުނަ ނުދޭށެވެ. 

ތިންވަނަ ކަމަކަށް ކަންކަމަށް މީހުންގެ ޚިޔާލު ހޯދިނަމަވެސް ތިމާގެ އަމިއްލަ ވިސްނުމުން ކަންކަން ކުރާށެވެ! އަނެކާ ދިން ޚިޔާލަކީ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރަންވާނީ އޭނާ ބުނީތީއެއް ނޫނެވެ. އެކަމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ތިބާއަށް ޔަޤީންކުރެވޭނަމައެވެ. 

ހަތަރުވަނަ ކަމަކަށް އެއްވެސް ކަމަކަށް އަވަސްއަރައިނުގަންނާށެވެ! ކެތްތެރިވާށެވެ! 

ފަސްވަނަ ކަމަކަށް އަނެކާ ތިބާއަށް ދެރައެއް ދޭން އުޅޭކަން އިނގިއްޖެނަމަ ރުޅިއައިސް ބަސްނުބުނާށެވެ. ނުވެސް އެނގޭކަމަށް ހަދައި ފާރަވެރިވެގެން ހުންނާށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިންކަން އެނގުމުން ލިބޭ މާޔޫސްކަމުގައި އެމީހުން ބަލިކަށިވެ މާޔޫސްވެގެން އަމިއްލައަށް ދުރަށް ޖެހި ފިލައިފާނެއެވެ. 

ހަވަނަ ކަމަކަށް އެއްވެސް މީހަކު ތިމާ ނިދާކޮޓަރިއަށް ނުވައްދާށެވެ. މާނައަކީ ބައިވެރިޔާއާއި އިމެއް ނެތި ގުޅުން ބޭއްވުމުގެ ފުރުޞަތު ނުދޭށެވެ. އެކަމަށް ހުރަސްކުރަންޖެހޭ ރަތްރޮނގު ތިމާގެ ސަބަބުން ހުރަސްކުރިއަ ނުދޭށެވެ. 

ޙަސަދަވެރިން ބަލިކުރަން ކުރެވޭނެ ކަންކަން ބައިވަރެވެ. ހަމައެކަނި މި 6 ކަންތަކަށް ޢަމަލުކުރިނަމަވެސް ޙަސަދަވެރިންގެ ކިބައިން އެއްވެސް ގެއްލުމެއް މިލިބި އުޅެވޭނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން