ލޮބުވެތި އަޚުންނޭ، ދުނިޔަވީ ޙަޔާތުގެ މި ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ދައްކަމުންދާ ހިތްދަތި ކަމަކީ ރެއާއި ދުވާލު އަޅުގަނޑުމެން ތަޖުރިބާ ކުރަމުންދާ ކަމެއް. ޚާއްސަކޮށް ޖަވާޒީ ޙަޔާތުގަ، މި ލޯބީގެ ގުޅުމުގަ، ހަމަ ގައިމުވެސް އަޅުގަނޑު ހިތުން މީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް. ލޯތްބާއި ކުލުނާއި އެކު ދިރިއުޅުން އަޅުގަނޑުމެންނަށް އެކަށީގެންވާ މުޖުތަމައެއް. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ހަމަ ގައިމުވެސް އަޅުގަނޑަށް އިނގޭ ޢިލްމުވެރިންގެ ފޯނުތަކަށް ރެއާއި ދުވާލު އަންނަ ފޯނުކޯލުތަކާއި މެސެޖްތަކުގެ ހިތްދަތި ވާހަކަތަކަކީ ދެމަފިރިންގެ ދެމެދުގައި ހުރި މިފަދަ ނުތަނަވަސް ކަމުގެ ވާހަކަތައް. އަޑުއަހަން ކަންފަތަށް ދަތި، ކިޔާލަން ދުލަށް ދަތި، ވިސްނާލަން ފިކުރަށް އުނދަގޫފަދަ ވާހަކަތައް.
ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވަރުގެވަންތަވެރި މި ބޭކަނބަލުން ސިފަ ކުރައްވާ އެ ވަޙީ ކުރައްވަނީ (އަރަބި) "އެ ފިރީންގެ ކުރިން އެބޭކަނބަލުންގެ ގައިގައި އިންސިއެއްވެސް އަދި ޖިންނިއެއްވެސް ބީހިލާފަވެސް ނުވާނެ." އެއީ ހަމަ ކޮންމެ ފިރިހެނަކުވެސް އެމީހާގެ އަނބިމީހާއާއި މެދުގައި އަސްލުގައި އުއްމީދު ކުރާނެގޮތް ދުނިޔަވީ ޙަޔާތުގައިވެސް. އުޚުރަވީ ޙަޔާތުގައި އެ މަތިވެރި ނިޢުމަތަށް ދަތިކަމެއް ނެތި އަޅުގަނޑުމެންނަށް ވާސިލް ވެވޭނެ، މި ދުނިޔަވީ ޙަޔާތުގަ އަޅުގަނޑުމެން ކެއްތެރިކަމާއެކު އެކަމަށް އިންތިޒާރުކޮށް މަސެއްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން.
ލޮބުވެތި އަޚުންނޭ، ކުރިން އަޅުގަނޑު ޑެންނެވި ފަދައިން މި ހުރިހާ ވާހަކަތަކެއް މީގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ބަޔާން ކޮށްދިނުމަކީ އެއީ ފަސޭހަ ކަމަކަށް ނުވާނެ. އަދި ހަމަ އެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެ ބަޔާން ކޮށްދެއްވުމަކީ އާދަޔާ ޚިލާފު ބަޔާންކޮށް ދެއްވުމެއް. އެހެންނަމަވެސް އަޅުގަނޑުމެންވެސް ހަމަ ވިސްނުން ކައިރި ކޮށްލުމަށްޓަކާ މަސެއްކަތް މިކުރަނީ.
ދެން އެކަނބަލުންނަކީ ފުރާވަރުގެ ފުރިހަމަ ވެފައިވާ އަނެހެނެއްގެ މޭމަތި ފަދައިން އެބޭކަނބަލުންގެ މޭމަތިތައް ވާނޭ ކަނބަލުންތަކެކެވެ. ﷲ ސުބުޙާނަހު ވަތަޢާލާ ވަޙީ ކުރައްވަނީ އައް ނަބައު ސޫރަތުގައި (އަރަބި) އަޅުގަނޑުމެން ވަރަށް ގިނައިން ނަމާދުގައި އަޑުއަހާ އާޔަތްތަކެއް (އަރަބި) " ހަމަ ކަށަވަރުން ތަޤުވާވެރިންނަށް ވަނީ ކާމިޔާބީއެވެ." އެބައިމީހުންނަށް ވަނީ ކާމިޔާބީ، ކޮޅު ނެތް ކޮޅަށް ވާސިލްވުމެވެ. (އަރަބި) " އެބައި މީހުންނަށް ބަޤީޗާތަކާއި އަދި މޭބިސްކަދުރުގެ ދަނޑުތައް ވެއެވެ." (އަރަބި) " އަދި އެއް އުމުރެއްގައިވާ މާނައަކީ ތެއްތިރީސް އަހަރުގެ ޒުވާން އުމުރުގައިވާ ބިކުރުވެރި ހާލަތުގައިވާ، އެބޭކަނބަލުންގެ ކިބައިން، މޭމަތިން ޚާއްސަގޮތެއްގައި ފިރިންނަށްޓަކާ އެންމެ ޝައުޤުވެރިވާ ގޮތުގައި އަބަދުމެ ދެމި ތިބޭނެ ގޮތުގައި އެކަނބަލުން ވާނެތެވެ." އަޅުގަނޑުމެންގެ ތަފްސީރު ޢިލްމުވެރިން މި މާނައިގައި މާނަ ކުރައްވާފައިވަނީ.
އެހެންވީމާ ރީތިކަމާއި ފުރިހަމަ ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމަތީގައިވެސް ދެއްވަވާ ނިޢުމަތެއް. އުޚުރަވީ ޙަޔާތުގައި ކެނޑިގެން ނުދާނޭ އުނިވުމެއް ނުވާ ނިޢުމަތެއް. ދުނިޔަވީ ޙަޔާތުގައި ރީތިކަމުގެ ނިޢުމަތަކީ ގެއްލިގެން ދާނެ ނިޢުމަތެއް.އެ ނިޢުމަތަށް އަޅުގަނޑުމެން ލިބިފައިވާ ވަޤުތުގައި ޝުކުރުވެރިވުމަކީ ވަރަށް މުހިއްމު ކަމެއް. ﷲ ސުބޫޙާނަހޫ ވަތަޢާލާ އޭނާއަށް ދެއްވަވާފައިވާ ރީތިކަމުގެ ބޭނުން ކޮށްގެން ތިމާ އެ އިލާޙަށް އުރެދުމާއި އަދި އެހެން އަޅުތަކުން އުރެދުވުމަށް މަސެއްކަތް ކުރުމަކީ އެއީ ކޮންފަދަ އަބާއްޖަވެރިކަމެއްތޯ؟ ތިމާގެ ރީތިކަމުގެ، ނަލަ ކަމުގެ، ފުރިހަމަ ކަމުގެ ސަބަބުން ތިމާ އެއީ އެހެން މީހުންގެ އަތްމަތީގައިވާ ކުޅޭ އެއްޗަކަށް ބަދަލުވުމަކީ ޚާއްސަކޮށް އަންހެން ކަނބަލުންނަށް ކޮންފަދަ ނިކަމެތި ކަމެއްތޯ؟ އެއަށްފަހު ތިމާގެ ޒީނަތްތެރި ކަމާއި ނަލަ ކަމުގެ ދަޅައިގައި ގެއްލިގެން ދާނެ މަދު ދުވަސްކޮޅެއްގެ މި ރީތިކަމާއި ޒީނަތްތެރިކަމުގެ އަވާގައި އެހެންމީހުން ޖައްސައި، އެހެން މީހުންވެސް އެއީ ފާފަވެރިންގެ ގޮތުގައި ހެދުމުގެ ހިތާމައަކީ ތިމާ ގުނަގުނަ އަށް އެކަން އުފުލަންޖެހޭނެ ކަމެއް ކަމުގައި ވެގެންދާނެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަނބަލުންގެ ސިފަތައް ބަޔާން ކުރައްވާ އަންގަވާފައިވާ ގިނަ ވާހަކަތަކުގެ ތެރެއިން ކޮންމެސް މިންވަރެއް އަޅުގަނޑު މި ބަޔާން ކޮށްލަދިނީ. ކުރިން އަޅުގަނދު ދަންނަވާފައިވާނެ (އަރަބި) ގެ މާނައިގެ ތެރޭގަ އެކަނބަލުންނަކީ އެއީ އެކަނބަލުންގެ ފިރިންނަށްޓަކައި މާ ކުރިއްސުރެ ޝައުޤުވެރިކަމާއި، ލޯތްބާއި، އިޝްޤުގައި އެކަނބަލުން ތިއްބަވާނެ އިންތިޒާރީގަ، ފިރިން އެކަނބަލުންނާ ހަމައަށް އާދެވި އެކަނބަލުންނާ ބައްދަލުވެގެން އެކަނބަލުންގެ ކިބައަށް އެބައިމީހުންގެ ހިތްތައް ލިބި ނުވަތަ ކހިތްތައް ލެނބިގެން ދިޔުމުގެ ކުރީގައި.
- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން