ސޫރަތުލްފާތިޙާ، އަލްޙަމްދު ރަނގަޅަށް ކިޔަވައިގެން ނޫނީ ނަމާދު ފުރިހަމަ ނުކުރެވޭނެއިރު އަލްޙަމްދުގައި ކިޔޭ ކުށްތައް ދެނެގަނެ އިޞްލާޙްކުރަން މަސައްކަތްކުރަން ޖެހެއެވެ. އެކަމަށް ގިނަ ބއަކު ބޭނުންވެސް ވެއެވެ.
އެހެންކަމުން ތިރީގައިވާ ލިޔުމުގައިއެވަނީ އެފަދަ ވީޑިއޯއެކެވެ. އަޑުއައްސަވައިލައްވާށެވެ! ކިތަންމެ ބިޒީ ނަމަވެސް މިފަދަ ކަންކަމަށް ވަޤުތުކޮޅެއް ދެއްވާށެވެ! ޢާޚިރަތް ކާމިޔާބުކުރެވެން އޮތީ ކުރާ ނަމާދު ފުރިހަމަކުރެވިގެންކަމަށްވާތީއެވެ.
ލިޔުމުގައިވާ ވީޑިއޯގައި އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ ބަޔާންކޮށްދެއްވާފައި އެވަނީ އަލްޙަމްދުކިޔުމުގައި ޢާންމުކޮށް ކިޔޭ 10 ކުށެކެވެ. ނަމާދު ޞައްޙަވުން ވަނީ އަލްޙަމްދު ފުރިހަކޮށްގެން ކަމަށްވާތީ ވީޑިއޯ ބައްލަވައި ޤާރީ މުޙައްމަދު ތައުފީޤް ޢަލީ ވިދާޅުވެފައިވާ ކުށްތައް ދެނެގަނެ އިޞްލާޙްކުރުމުގެ މުހިންމުކަން ވަރަށްބޮޑުކަން ފާހަގަކުރެވެއެވެ.
ގުޅުންހުރި ވީޑިއޯ:
www.facebook.com/alirameezbinqasim/videos/853224798417065