ސިޙުރުހާހޫރައާ އެސްފީނާއާ ޝައިޠޯނުންތަކުގެ ނުބައިކަމުން ސަލާމަތްވެވޭނެ މަގު އެނގެން އޮތްއިރު ކަންނެތްނުވެ ޢަމަލުކުރާށެވެ! އިހުމާލުވުމަކީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސިޙުރުހާހޫރައާ އެސްފީނާއާ ޝައިޠޯނުންތަކުގެ ނުބައިކަމުން ސަލާމަތްވެވޭނެ މަގު އެނގެން އޮތްއިރު ކަންނެތްނުވެ ޢަމަލުކުރާށެވެ! އިހުމާލުވުމަކީ އަމިއްލައަށް ލިބިގަނެވޭ އަނިޔާއެއް!: މުފްތީ މެންކް

އަހަރެމެން ކޮންމެ މީހަކަށްވެސް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ޝައިޠޯނާ އާއި އޭތީގެ ބޮޑު ލަޝްކަރުގެ ކިބައިން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ މަސައްކަތެވެ. އެހެނީ ދުނިޔޭގައި އުޅޭއިރު ރައްކައުތެރިކަން ބޭނުންވެއެވެ. ހަމައެފަދައިން އާޚިރަތް ލިބިގަތުމަށްޓަކައިވެސް ރައްކައުތެރިކަން ބޭނުންވެއެވެ.  

އެހެންކަމާއިއެކުވެސް ރައްކައުތެރިކަމަސް އެދިގެން ކިޔަންޖެހޭ ޛިކުރުތައް ކިޔަން ބުނުމުން ނުއެނގޭ ކަމަށް އެބަބުނެއެވެ. ބަލަ އެނގޭނީ ދަސްކުރީމާ ނޫންހެއްޔެވެ؟ އެކަމަށް މަސައްކަތް ނުކުރަނީސް ދަސްވޭހެއްޔެވެ؟ ދެން މިބުނަނީ ވަޤުތު ނުވާކަމަށެވެ. ތިމާ ކުރަން ބޭނުންވާ ކަންކަން ކުރާނެ ވަޤުތު ހޯދެއެވެ. ވީމާއެއީ އެއްވެސް ޙާލެއްގައި ރަނގަޅުވާހަކައެއް ނޫނެވެ.  

އަހަރެމެންގެ ތެރޭގައި އާޔަތުލްކުރުސި އާއި އިޚްލާޞް، އަލްފަލަޤް، އައް ނާސް ސޫރަތް ސޫރަތް ހިތުން ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ. ދަސްކުރަން މަސައްކަތްކޮށްފިނަމަ އެއީ ދަސްކުރަން އުނދަގޫ ސޫރަތްތަކެއްވެސް ނޫނެވެ.  

އާޔަތުލްކުރުސި، އިޚްލާޞް، އަލް ފަލަޤް، އައް ނާސް ސޫރަތް ދެއިރު 3 ފަހަރު ކިޔަވާ މީހުން ތިބޭނީ ޝައިޠޯނާ އާއި ޝައިޠޯނާގެ ފައުޖުގައި ހިމެނޭ ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްކަން ލިބިގެންނެވެ. އިން ޝާ ﷲ  

ޝައިޠޯނުންތަކާއި ސިޙުރުހާހޫރައާއި އެސްފީނާގެ އުނދަގޫތަކުން ސަލާމަތްވާން މިއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކަންނެތްވެ ފަރުވާ ކުޑަކޮށްލައިގެން ހުންނަ މީހާއަށް މުޞީބާތެއް ޖެހުނީމާ ކަންބޮޑުވުމުގެ ބޭނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެކަންވާނީ އެމީހަކު ފަރުވާކުޑަކުރުމުން އަމިއްލައަށް ލިބިގަތް ކަމަކަށް ނޫންހެއްޔެވެ؟  

މިކަން ކުރަންވީ ކަމެއް ޖެހުމަކުންނޫނެވެ. މުޅި ޢުމުރުގައިވެސް ކުރަމުންގެންދާށެވެ. ހުރިހާ ނުބައި ކަމަކުން ރައްކައުތެރިވެ ތިބެވޭނެ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. ރައްކައުތެރިކަން ލިބުން އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން