ވައިބޭރުކުރުމާ އަދި އެކަމާ ގުޅުންހުރި އަދަބުތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 31ސ
ވައިބޭރުކުރުމާ އަދި އެކަމާ ގުޅުންހުރި އަދަބުތައް!

ބައެއް މީހުން އެހެން މީހުން ހެއްވަންވެގެންވެސް ބާރަށް ވައިބޭރުކުރެއެވެ. އެއީ ކުރަން ރަނގަޅު ކަމެއްތޯ؟ 

ޖަވާބަކީ އެއީ ކުރަން ރަނގަޅުކަމެއް ނޫނެވެ. އެއީ ވިހާ ސިއްރުން ކުރަންޖެހޭނެ ކަމެކެވެ. ޤަޞްދަކާއި ނުލައި ދިމާވާ ޙާލަތުގައި ކުށެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކީ މީސްތަކުންނާއި ދުރަށް ޖެހިލައި އެކަން ކުރުމެވެ. އެެހްނ މީހުންނަށް ވަސްނުދުވާނެ ގޮތަކަށް އެކަން ކުރަން ސަމާލުކަންދޭންވާނެއެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މީހުންގެ ތެރޭގައި ގަސްތުގައި ވައިބޭރުކުރުމަކީ އިސްލާމީ ރިވެތި އަދަބުތަކާ ޚިލާފުކަމެކެވެ. އަދި ވައިބޭރުވުމުން އެކަމާހެދި ހުނުމަކީ ނަހީވެގެންވާ ކަމެކެވެ. 

عن عبد الله بن زَمْعَةَ رضي الله عنه أن النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَظَهُمْ فِي ضَحِكِهِمْ مِنْ الضَّرْطَةِ وَقَالَ : (لِمَ يَضْحَكُ أَحَدُكُمْ مِمَّا يَفْعَلُ) - رواه البخاري (4942) ومسلم (2855) 

ޢަބްދުﷲ ބިން ޒަމްޢަތު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުމާބެހޭގޮތުން އަހަރެމެންނަށް ނަޞީޙަތްދެއްވިއެވެ. (ޔަޢުނީ އެކަން ނުކުރުމަށް އިރުޝާދު ދެއްވިއެވެ) އަދި ޙަދީޘްކުރެއްވިއެވެ. “ފަހެ އޭނާ އަމިއްލައަށް(ވެސް) ކުރާ ކަމަކާމެދު އޭނާ ހޭންވީ ކީއްވެހެއްޔެވެ؟

عَنْ جَابر بنِ عَبْدِ الله رضي الله عَنْهُ أَنَّ النَّبِيَّ صَلَّي اللهُ عَلَيْهِ وَسَلَّمَ نَهَى عَنِ الضَّحكِ مِنَ الضَّرطَةِصحيح الجامع 6896 

ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވައިބޭރުވުމުގެ ސަބަބުން ހުނުން ނަހީކުރެއްވިއެވެ."  

އިމާމު ނަވަނީ ރަޙިމަހުﷲ ވިދާޅުވިއެވެ. "އެހެންމީހަކު ވައިބޭރުކުރުމުގެ ސަބަބުން ތިމާ ހުނުންވެސް މިނަހީގެ ތެރެއަށް ވަދެއެވެ. އެންމެ ރަނގަޅުގޮތަކީ އެކަން އެއީ ނުވާކަމެއް ހަދައި ވާހަކަދެއްކުމައިގެން ނުވަތަ އެކުރަމުން ދިޔަ ކަމަކައިގެން ކުރިޔަށް ދިޔުމެވެ.. އެކަމަށް ސަމާލުކަން ނުދޭނީއެވެ. ނުވަތަ އޭނާއަށް އެއަޑު ނީވޭކަމަށް ހަދާނީއެވެ". 

ސަޢޫދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައި ބުނެފައިވެއެވެ. "(މީހުންގެ ތެރޭގައި) ގަސްތުގައި ބާރަށް ވައި ބޭރުކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ހުނުންވެސް މެއެވެ. އެއީ މުރުއްވަތްތެރިކަމާއި ރިވެތި އަޚްލާޤާ ޚިލާފުކަމަކަށްވާތީއެވެ." 

ޢުޛުރެއްގެ ސަބަބުން މިސާލަކަށް ވައިބޭރުވުން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، ނުވަތަ ފުރަގަސްފަރާތުގައި ބައްޔެއް ހުރުމުގެ ސަބަބުން ވައި ނުހިފޭއްޓިގެން، އަޑުހަރުކޮށް ވައިބޭރުވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކުވެސް އެކަމާމެދު އެހެން މީހުން ހީނ ހެދުމަކީ ހުއްދަކަމެއް ނޫނެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު 

މަރްޖިޢު

https://islamqa.info/ar/answers/138040

 

އާރޓިކަލް

https://shafiu.mv/2462/

 

މިއަދު އޮންލައިން