މާތް ﷲ ގެ ރަޙްމަތްފުޅުން މި ޑިސެމްބަރު މަސް ވެގެންދާނީ ރާއްޖޭގެ އެންމެ ގިނަ ބައަކު ޢުމްރާވުމަށް ދާ ތާރީޚީ މަހަށް! އަލްޙަމްދުލިﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މާތް ﷲ ގެ ރަޙްމަތްފުޅުން މި ޑިސެމްބަރު މަސް ވެގެންދާނީ ރާއްޖޭގެ އެންމެ ގިނަ ބައަކު ޢުމްރާވުމަށް ދާ ތާރީޚީ މަހަށް! އަލްޙަމްދުލިﷲ

މިއަދުނޫހަށް މިހައިތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިހިނގާ ޑިސެމްބަރު މަސްވެގެންދާނީ ރާއްޖައިން އެންމެ ގިނަ ބައަކު ޢުމްރާގެ އަޅުކަން އަދާކުރަންދާ ތާރީޚި މަހަށެވެ. މިމަހު ޢުމްރާއަށްދާނެ ކަމަށް ލަފާކުރެވޭ މީހުންގެ ޢަދަދު ދިހަ ހާހަށްވުރެ މަދުނުވާނެ ކަމަށް ވަނީ ބެލެވިފައެވެ.  

"ދަތުރުވެރިޔާ" ގްރޫޕުން އެކަނިވެސް 800 އަށްވުރެ ގިނަ ބައަކު ޢުމްރާވުމަށް ގެންދާނެއެވެ. އެމީހުން ފުރުން ހަމަޖެހިފައިވަނީ 3 ދުވަސްމަތިން 6 ފްލައިޓެއްގައެވެ. ފުރަތަމަ ގްރޫޕް ފުރަންހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ދެން 20 ވަނަ ދުވަހާއި 23 ވަނަ ދުވަހުއެވެ. އެއިގެ އިތުރުން 16 ވަނަ ދުވަހާއި 18 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ އެދްވާންސް ޓީމާއިއެކުވެސް ބައެއް މީހުން ފުރާނެއެވެ.

 

މީގެ އިތުރުންވެސް ބައެއް ގްރޫޕްތަކުން ގިނަ އަދަދެއްގެ މީހުން ޢުމްރާއަށް ގެންދާނެ ކަމަށް ވަނީ އެނގިފައެވެ.  

ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެ އަހަރީ ބޮޑު ޗުއްޓީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ މީހުންގެ ޢަދަދުވަމުން އަންނަކަމީ އުފާކުރަންޖެހޭ ކަމެކެވެ. ދީނީ ގޮތުން މީހުން ހޭލުންތެރިކުރުވަން އިސްލާމިކް މިނިސްޓްރީންނާއި އެހެންވެސް ޢިލްމްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ގޮތުގައި ފެންނަމުން އަންކަން މިފުރުޞަތުގައިވެސް ފާހަގަކުރަމެވެ.  

އިސްލާމިކް މިނިސްޓްރީން ވަނީ ޙައްޖަށާއި ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ޚާއްޞަކޮށްގެން މަހާސިންތާއެއް ބާއްވައިފައެވެ. މަހާސިންތާގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޖަމާއަތްތަކަށް ވަރަށް ބޮޑަށް ހިތްވަރުދެއްވައިފައެވެ. އަދި މިނިސްޓްރީން ޖަމާއަތްތަކަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވައިފައެވެ.  

މިއަދު އޮންލައިން