ބައިވެރިޔާ ދެވަނަ މީހަކު ދެކެ ލޯބިވެއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ބައިވެރިޔާ ދެވަނަ މީހަކު ދެކެ ލޯބިވެއްޖެނަމަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-

ބައިވެރިޔާ ދެވަނަ މީހަކު ދެކެ ލޯބިވުމުގެ މައްސަލައަކީ އެންމެ ބޮޑަށް ނުވަތަ އެންމެ ގިނަބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ބައިވެރިޔާ ހިފަހައްޓަން މަސައްކަތްކުރުމެއް ނެތެވެ. ހިފަހައްޓަން ކުރާ މަސައްކަތުން ޙަޤީޤީ ކާމިޔާބީއެއް ލިބުމަކީ ވަރަށް ދުރުގައި އޮތް ކަމަކަސްވާތީއެވެ.  

މިހެން މިބުނާ ސަބަބުވެސް ބުނެލާނަމެވެ. ވިސްނާށެވެ! އެ ސަބަބަކީ އެސަބަބަކީ ތިބާ ދެކެ ޙަޤީޤީ ލޯބިވާނަމަ އޭނާ ދެވަނަ ލޯބިވެރިއަކު ނުހޯދާނެއެވެ. އެކަން ބުނެދޭން ބުއްދިވެރިއަކު ބުނެފައިވެއެވެ. "ތިބާއަށް ދެމީހަކު ދެކެ ލޯބިވެވިއްޖެނަމަ އަވަހަށް ފުރަތަމަ ލޯބިވެރިޔާ ދޫކޮށްލައި ދެވަނަ ލޯބިވެރިޔާ އިޚްތިޔާރުކުރާށެވެ! ފުރަތަމަ ލޯބިވެރިޔާ ދެކެ ޙަޤީޤީ ލޯބިވެވޭނަމަ ދެވަނަ މީހަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ." 

ގިނަބައަކަށް މިކަންކަމަކަށް ވިސްނައެއް ނުލެވެއެވެ. ބައިވެރިޔާ އެހެން މީހަކު ދެކެ ލޯބިވެއްޖެނަމަ މަސައްކަތްކުރަނީ އެކަން ހުއްޓުވައި ތިމާގެ ކޮޅު ކާމިޔާބުކުރާށެވެ. އަދި އަނެއް ލޯބިވެރިޔާ ދެރަކޮށް ނިކަމެތިކޮށްލަންވެސް ބޭނުންވެއެވެ. ޙަޤީޤަތުގައި މިއީ މޮޔަ ޚިޔާލެކެވެ. އެގޮތަށް ކަންތައް ކުރުމުން ދެރަ ލިބޭނީ ތިބާއަށެވެ. ހިތްދަތިކަމުގައި ދުވަސްތައް ހޭދަކުރަންޖެހޭނީ ތިބާއަށެވެ.  

އެހެނެއް ނޫނެވެ. ބައިވެރިޔާ ދެވަނަ މީހަކު ދެކެ ލޯބިވާކަން އެނގިއްޖެނަމަ ދެމީހުންކުރެ އެކަކު އަވަހަށް އިޚްތިޔާރުކުރުމުގެ ފުރުޞަތު ބައިވެރިޔާއަށް ދޭށެވެ. އެފުރުޞަތު ދިނުމުން ބައިވެރިޔާ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދެވަނަ ލޯބިވެރިޔާ ދޫކޮށްލައި އޭނާ އާއި ވަކިވެއްޖެނަމަ ދެމީހުން ވަކިނުވެ އެކުގައި އުޅެން މަސައްކަތްކުރުމަކީ އޮތް ކަމެކެވެ.  

ތަކުރާރުިކޮށްލާނަމެވެ! ދެވަނަ ލޯބިވެރިޔާ އާއި ވަކިވާންމަޖުބޫރުކޮށްފިނަމަ ދުނިޔަވީ ސަބަބަކަށްޓަކައި ވަކިވެއްޖައިން ކަމަށް ބުނިނަމަވެސް އެއީ ހަދާ ދޮގެކެވެ. އެކަމުން ލިބޭނެ އެއްވެސް އުފަލެއް އަދި ހިތްހަމަޖެހުމެއް ނެތެވެ.

 

- ޑރ. ޒީނާ

މިއަދު އޮންލައިން