ބައެއް ޢަމަލްތައް އެބަހުރި ސުވަރުގޭގައި ހޫރަލް ޢީނުން އިތުރަށް ލިބިގެންދާ ނުވަތަ ހޫރަލް ޢީނުން ލިބުމަށް ހުރި ސަބަބުތައް. އޭގެ ތެރޭގައި މުޢާދު ބުން އަނަސް ރަޟިޔަﷲ ޢަންހުގެ ރިވާޔަތެއް އައިއްސައިވޭ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން، އެކަލޭގެފާނު ރިވާ ކުރައްވަނީ (އަރަބި). ދެންމެ އަޅުގަނޑު ދަންނަވާލިން ސުވަރުގެ ވަންތަ ވެރި ކޮންމެ ފިރިހެނަކަށްޓަކާ ދެ ހޫރަލް ޢީނުންނާ ކައިވެނި ކޮށްދެވޭނެކަމުގެ ވާހަކަ އައިސްފައިވޭ. އެއަށްފަހު އެކި މީސްމީހުންނަށް އެކި ބައި މީހުންނަށް އެމީހުންގެ ޢަމަލުތަކާއި ގުޅޭގޮތަށް އަދަދުތައް އިތުރުވަމުން ދެއެވެ.
މި ޙަދީޘް ބަސްފުޅުގައި ރިވާވެގެން އައިސްފަމިވަނީ އަބޫ ދާޢޫދާޢި ، ތިރްމީޒީ، އަދި އިބްނު މާޒާގެ ރިވާޔަތެއް، އިމާމު އަލްބާނީ ރަޙިމަހުﷲ ޙަސަން ކުރައްވާފައި، ޙަސަނު ދަރަޖައިގެ ރިވާޔަތެއް ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ޙަދީޘް މިކުރައްވަނީ (އަރަބި) " މީހާ ރުޅި އަންނަ ހިނަދު އޭނާގެ ރުޅި ހިފަހައްޓާ މީހާ" (އަރަބ) " އޭނައަށް އާނެކާގެ މައްޗަށް އޭނަގެ ބަރު ފޯރުވާލުމުގެ ކުޅަދާނަކަން ލިބިގެންވާ ހާލުގަ، އޭނަ އެކަމަށް ކުޅަދާނަ ވެގެންވާ ހާލުގަ، މާނައަކީ އަނެއް މީހާގެ މައްޗަށް ބަދަލު ހިފާ އެމީހާގެ ކިބައިން އޭނައަށް އެ ލިބުނު ކަމެއްގެ ބަދަލު ހިފުމުގެ ކުޅަދާނަކަން އޭނައަށް ލިބިގެންވާ ހާލުގައި އޭނާ އެކަމުގެ މައްޗަށް ގަދަވެގަނެ، އޭނާ އެމީހާއަށް މާފުކޮށް، އޭނަގެ ރުޅި ކޮންޓްރޯލް ކޮށްފި ކަމަށް ވާނަމަ ޤިޔާމަތް ދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަޅަކަށް ގޮވާލައްވަވާނެތޭ، އެންމެހާ އަޅުތަކުންގެ ކުރިމަތީގަ. ހުރިހާ އިންސާނުން ހުރިހާ މަޚްލޫޤާތްތަކެއްގެ ކުރިމަތީގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަޅަކަށް ނިދާ އިއްވަވާނެއެވެ. އޭނާއަށް އެންގޭނެއޭ ހޫރަލް ޢީނުންގެ ތެރެއިން ތިބާ އެދޭހާ މިންވަރަކަށް އިޚްތިޔާރު ކުރާށެވެ." މާނައަކީ އެދޭ މިންވަރެއް ތިބާ ލިބިގަންނާށެވެ.
ދުނިޔެވީ ޙަޔާތުގަ އަޅުގަނޑުމެން ކެއްތެރިވެ އެއިލާޙު ސުބޫޙާނަހޫ ވަތަޢާލާއަށްޓަކައި ދުނިޔަވީ ޙަޔާތް އަޅުގަނޑުމެން ޤޫރުބާން ކޮށްލުމަކީ އަޅުގަނޑުމެންނަށް އެތަނުގެ ނިޢުމަތުގެ އަގު ވަޒަންވެސް ކުރަން ނޭންގޭހަ އެތައް ގުނަ ނިޢުމަތްތަކެއް ލިބިގެންދާނެ.
އަލް މިޤްދާމް ބުން މާލިކް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " ޝަޙީދެއްގެ ގޮތުގައި ޝަޙީދުވެގެން ދާމީހާއަށް ހަ ކަމެއް ލިބިގެން ވެއެވެ." ﷲ ސުބޫޙާނަހޫ ވަތަޢާލާ ހަ ކަމެއް އޭނައަށް ދެއްވާނެ. ފުރަތަމަ ކަމަކީ އޭނަގެ ހަށިގަނޑުން އެންމެ ފުރަތަމަ ވެއްޓިގެންދާ ލޭ ތިއްކާ އެކުގައި އޭނަގެ ފާފަތައް ފުހެވިގެން ދާނެ. އެއީ މީހެއްގެ ޙައްޤެއް ކަމުގައި ނުވާނަމަ. އަދި އޭނައަށް އެންމެ ފުރަތަމަ ވަޤުތުގައި ފެނިގެންދާނެ ސުވަރުގޭގައި އޭނަ ވާނެ މަޤާމް. ދުނިޔެއިން ފުރާނަ ނުދަނީސް، ޒަޚަމްގެ ތެރޭގަ އޭނަގެ ގައިން ލޭ އޮހޮރިގެންދާ ވަޤުތުގައި، އަދި ނަރަކައިން އޭނާ މުއްތި ކުރެވިގެންދާނެ. އަދި ތާޅަފިލި ފުންމާލެވޭ ދުވަހުގެ ބޮޑުވެގެންވާ ސިހުމުން ނުވަތަ ބިރުވެރިކަމުން އޭނަ ސަލާމަތް ވެގެން ދާނެ. އަދި އޭނަގެ ބޮލުގައި ވިޤާރުގެ ތާޖުން ތާޖު އެޅިގެން ދާނެ. އެއީ ޔާޤޫތުން އެކުލެވިގެންވާ ތާޖެއް. އެތާޖުގައިވާ އެންމެ ޔާޤޫތެއްގެ ހެޔޮކަންވެސް ދުނިޔެއާއި ދުނިޔޭގަވާ ހުރިހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. ޝަޙީދުގެ ބޮލުގަ އަޅާލެވޭ ތާޖުގެ އެންމެ ޔާޤޫތެއްގެ ހެޔޮކަންވެސް ދުނިޔެއާއި ދުނިޔޭގައި ވާހާ ހުރިހާ އެއްޗަކަށް ވުރެ ބޮޑުވެގެންވެއެވެ. (އަރަބި)" އަދި އޭނާއަށް 72 ހޫރަލް ޢީނުންނާ ކައިވެނި ކޮށްދެވޭނެ. (އަރަބި) " އޭނަ ގާތްތިމާގެ މީހުންގެ ތެރެއިން ހަތްދިހަ މީހުންނަށް ޝަފާޢާތްތެރި ވެވޭނެ. މިތަނުގެ މުރާދަކީ ޝަހީދެއްގެ ގޮތުގައި ޝަޙީދުވާ މީހާއަށް އޭނަގެ ގާތްތިމާގެ މީހުންގެ ތެރެއިން މުއުމިނުންގެ ގޮތުގައި މަރުވެގެންދާ މީހުންގެ ހަތްދިހަ މީހުންނަށް ޝަފާޢަތްތެރި ވުމުގެ އިޒްނަ ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަޙީދަކަށް ދެއްވަވާނެ. އެއީ އޭގެ ތެރެއިން ނަރަކައަށް ފަހަރެއްގައި ވަންނަންޖެހޭ މީހެއް ކަމުގައި ވިޔަސް، ފަހަރެއްގައި ސުވަރުގޭގައި ލިބޭ ދަރަޖަ ދަށް މީހެއްކަމުގައި ވިޔަސް، އެފަދަ މީޙަކަށް ޝަފާޢަތްތެރިވުމުގެ ޙައްޤު ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަޅަކަށް ދެއްވަވާނެ.
ކޮންމެއަކަސް މަތިވެރިކަމާޢި ފުރިހަމަކަމުން ފުރިގެންވާ ސިފަތަކެއްގެ އަހުލުވެރި ބޭކަނބަލުންތަކެއް. އަދި މިއަށްވުރެ ފުރިހަމަ އަންހެނުންތަކެއް ސުވަރުގޭގަ ވޭ. އެއީ އަޅުގަނޑު ކުރިން ދެންނެވި ފަދައިން މުޢުމިނު އަޅުންގެ ގޮތުގައި ދުނިޔޭގައި އެކަނބަލުން އުޅެ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް އަޅުވެތި ކަމާއެކުގައި އުޅެ ސުވަރުގެވަންތަ ވެރިން ކަމުގައި ވެގެންދާ ބޭކަނބަލުން. އެބޭކަނބަލުންނަށް ވަނީ ކިޔަމަންތެރިކަމާއި އަޅުވެތިކަމާއި ހެޔޮ ޢަމަލުގެ ޖަޒާ އެއްގެ ގޮތުގައި ދެއްވެވޭ މަތިވެރިކަން. އެކަންކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހަޒްރަތުގައި ފޮރުވިފައިވާ މަތިވެރި ނިޢުމަތުގެ ތެރޭގައި ހިމެނޭ ކަންކަން.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނީ އެއިލާޙު ސުބުޙަނަހޫ ވަތަޢާލާގެ މި މަތިވެރި ނިޢުމަތްތަކުގެ ވާހަކަ މި ދުނިޔެ މަތީގައި އެހުމުގެ އުފާ ލިބުނު ވަރަށްވުރެ ބޮޑަށް ޙަޤީގީ ގޮތެއްގައި އަޅުގަނޑުމެންނަށް އެ އުފާތަށް ތަޖުރިބާ ކުރަން، އެ އުފާތަކުގެ އަހުލުވެރިންގެ ގޮތުގައި ވުމަށްޓަކަ އެ އިލާހުގެ ނިޢުމަތުގެ ގޮވެއްޗަށް ވަދެވޭނެ ބައެއް ކަމުގައި ލެއްވެވުން. މިއަދު އަޅުގަނޑުމެންގެ ކަންފަތްތަކުން އަހާ އަދި ހިތްތަކަށް ތަސައްވުރު މިކުރި ރިތިކަމާއި އުފާވެރިކަމަށްވުރެ ބޮޑު އުފާވެރިކަމަކާއި ހިތްހަމަ ޖެހުމެއް އެއިލާހު ސުބުޙާނަހޫ ވަތަޢާލާގެ ގޮވެތީގައި އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
- ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސަކުން