ތިބާއަށް ފާފައަކަށް އަރައިގަނެވެން އުޅޭނަމަ އެކަން ނުކުރަން ތިބާއާއިއެކުގަވާ ރަހްމަތުގެ މަލާއިކަތުން ތިބާއަށް އިންޒާރު ދެއްވަވާއިރު އެކަން ނުއެނެގީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތިބާއަށް ފާފައަކަށް އަރައިގަނެވެން އުޅޭނަމަ އެކަން ނުކުރަން ތިބާއާއިއެކުގަވާ ރަހްމަތުގެ މަލާއިކަތުން ތިބާއަށް އިންޒާރު ދެއްވަވާއިރު އެކަން ނުއެނެގީ ކީއްވެ؟

 

އަހުރެމެން ދުނިޔެއަށް ފޮނުއއްވެވުމަށްފަހު ﷲ ތަޢާލާ އަހުރެމެން ދޫކޮށްލައްވަވަނީއެއް ނޫނެވެ. ރަހްމަތުގެ މަލާއިކަތުން އަހުރެމެންނާއިއެކު ލައްވަވަތެވެ. އަހުރެމެންނަށް ހެޔޮ ވިސްނުން ދެއްވެވުމަށެވެ. ފާފައެއް ކުރަން ހިތަށް އަރުވައިފިނަމަ ނުކުރަން މަލާއިކަތުން ނަޞޭޙަތް ދެއްވަވަތެވެ. ނަމަވެސް ފާފަކުރަން އެމީހަކު ޤަޞްދުކޮށްފިނަމަ އެމީހަކު ދޫކުރައްވަވައި ދުރަށް ވަދައިގަންނަވަތެވެ. 

 

މިޘާލެއް ބުނެލާނަމެވެ. ތިބާ ބޭނުންކުރާ ލެޕްޓޮޕް، ފޯން، ކޮމްޕިޔުޓަރު އަދި އެނޫންވެސް ވަސީލަތަކުން އެއެއްޗަކަށް ގެއްލުންދީފާނެ ވެބްސައިޓަކަށް ވަންނަން އުޅޭނަމަ ނުވަނުމަށް އެއްޗަކުން އިންޒާރުދެއެވެ. އެއީ އެންޓިވައިރަސް ކޮށްދޭ ކަމެއްކަމަށްވެސް ބުނެވިދާނެއެވެ. ގެއްލުން ލިބުނަސް ހަމަ ވަންނަންވީތޯ ސުވާލުކުރެއެވެ. ވަދެވޭނީ ތިބާ އެކަމަށް ރުހި އޯކޭކުރުމުންނެވެ. 

 

ފާފަތައް ކުރެވޭއިރުވެސް ހަމަ މިއިންޒާރުލިބެއެވެ. އެކަމުން ލިބިދާނެ ގެއްލުން ތިބާއާއިއެކުގައިވާ މަލާއިކަތުން ހަނދާންކޮށް ދެއްވަވައެވެ. ނަމަވެސް ތިބާ އާއި ޝައިޠޯނާ އާއި އޮންނަ ގުޅުން މާބޮޑަށް ބޮޑުވެގެން ދިއުމުން އެކަންކަން ސިކުނޑިއަށް ނަގައިނުގަނެވެނީއެވެ. 

 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މީސްތަކުންގެ ތެރެއިން އެންމެ ސްމާޓް މީހަކީ ކޮބައިތޯ ދެންނެވުނު ހިނދު ރަސޫލް ޙަދީޘްފުޅުކުރެއްވެވީ 2 ސިފައެކެވެ. އެއީ 1 އެންމެ ގިނައިން މަރު ހަނދާންކުރުމާ 2 އެންމެ ބޮޑަށް (ފުރިހަމައަށް) މަރަށް ތައްޔާރުވެގެން ހުންނަ މީހާ ކަމުގައެވެ.  

 

ގިނަގިނައިން މަރުހަނދާންކުރުމުން ލިބޭނެ އިތުރު ފައިދާއެއްވެސް ބުނާނަމެވެ. އެއީ ކިތަންމެ ދަތިޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުވެގެން އުޅެން ނުޖެހުމެވެ. ދުނިޔެއިން ބޭނުންވި އެކަންތައް ޙާޞިލުނުވެގެން ތެޅިފޮޅެމުން ދަނިކޮށް މަރުވެދާނެކަން ހިތަށް ވަންނަނަމަ އަބަދުވެސް އިސްކަންދެވޭނީ މަރަށް ތައްޔާރުވުމަށެވެ. ބަލާނީ ހެޔޮ ޢަމަލުކުރުން ގިނަކުރެވޭތޯއެވެ.

 

 

 

- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

 

 

 

 

 

 

 

 

މިއަދު އޮންލައިން