ދެމަފިރިންގެ ދިރިއުޅުން އުފާވެރިކުރުވައި އަދި ގޭގަ އުފާވެރިކަން އޮންނަން އެދޭނަމަ މިމަގު ތަޖުރިބާކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދެމަފިރިންގެ ދިރިއުޅުން އުފާވެރިކުރުވައި އަދި ގޭގަ އުފާވެރިކަން އޮންނަން އެދޭނަމަ މިމަގު ތަޖުރިބާކޮށްބަލަ!

ގޭގައި އުޅޭ މަދިރި ފަދަ ތަކެތި މަރަން ތަފާތު ވަސީލަތްތައް ބޭނުންކުރަމުއެވެ. (މިޘާލަކަށް ކަރަންޓް ރެކެޓާ ހޮޅިބުރި) ތަފާތު ސޫފިތައް މަރަން އިންސެކްޓް ކިލަރ ސްޕްރޭތައް ބޭނުންކުރަމުއެވެ. އެކަންކަން ކުރަން ސަމާލުކަންވެސްދެމުއެވެ. ނަމަވެސް މިހުރިހާ އެއްޗެކަށްވުރެ މާނުރައްކާތެރި ޝައިޠޯނާ ގެއިން ފައްސައި ނެރެން ނުވަތަ ވަނަނުދޭން ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ 

އަހުރެމެންގެ ލޮލަށް ނުފެންނާތީ ނަމަވެސް އަހަރެމެންނަށް ޝައިޠޯނުން ފައްސައި ނުލެވިދާނެއެވެ. ނަމަވެސް އެކަމުގެ ބާރު ﷲ ތަޢާލާ ވަނީ މަލާއިކަތުންނަށް ދެއްވަވައިފައެވެ. ވީމާ މަލާއިކަތުން މެދުވެރިކޮށް ޝައިޠޯނުންތައް ފައްސުވާލާށެވެ! 

މީސްތަކުންގެ އަމަލުތަކަށް އަންނަމުންދާ ނުބައި އަމަލުތަކާއިއެކު ފިތުނަވެރިކަން މިދަނީ އިތުރުވަމުންނެވެ. ފިތުނަވެރިކަން މިވަނީ ޢާއިލާތަކުގައި ވެސް ވަކިހިއްޕާލައިފައެވެ. ދިރިއުޅޭ ގެތަކުގައި ހާލިހަދައިފައެވެ. 

މިޙާލަތުގައި ކުރުން އެންމެ މުހިންމުކަމަކީ ޝައިޠޯނާއަށް އެކަންކުރަން ގެއަށް ނުވަދެވޭނެ ގޮތް ހެދުމެވެ. އެކަންކުރުމަށް އެންމެ ފަސޭހަ މަގަކީ ވީހައި ގިނަ މަލާއިކަތުން ގެއަށް ވެއްދުމެވެ. ދައުވަތުދީގެން ގެއަށް ގެނައުމެވެ. 

އެކަމަށް އެދިގެން ކުރަން ކުރަންވީ ކަންތައްތައްވެސް އެނގެން އެބައޮތެވެ! ފުރަތަމަކަމަކީ ގޭގައި ޤަވާއިދުން ނަމާދުކުރުމެވެ. ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރި ނަމަވެސް ސުންނަތް ނަމާދުތައް ގޭގައި ކުރުމެވެ. ގޭގައި ގިނަގިނައިން ޤުރްއާން ކިޔެވުމެވެ. އެކަންކަން ކުރާއިރު އަބަދުވެސް ގޭގައި މަލާއިކަތުން ތިއްބަވާނެތެވެ! 

އެއްވެސް މީހަކު ނަމާދުކުރަނީ އެކަނިހުރެއެއް ނޫނެވެ! ނަމާދުކުރާއިރު އޭނާގެ ދެފަރާތުގައި މަލާއިކަތުން ތިއްބަވަތެވެ! ފަހަތުގައި ސަފުތަކަށް މަލާއިކަތުން ތިއްބަވަތެވެ. އަދި ޤުރްއާން ކިޔަވާ އަޑު އައްސަވަންވެސް މަލާއިކަތުންގެ ފައުޖުތައް ތިއްބަވަތެވެ. 

ދެން އޮތީ ގޭތެރޭގެ ޙާލަތު ހުންނަ ގޮތުން ގޭގައި ސުންނަތް ނަމާދުތައް ކުރެވެން ނެތުމެވެ. އެޙާލަތުގައި މިސްކިތުގައި ކުރާށެވެ! ތިބާގެ ޙާލަތު ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ. ވީމާ އެޙާލަތުގައި ސުންނަތް ނަމާދު މިސްކިތުގައި ކޮށްގެން ގެއަށްދާއިރު ރަހްމަތުގެ މަލާއިކަތުން ތިބައާއިއެކުގައި ވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ 

ގޭގައި ލަވަޖެހުމާއި ހުއްދަނުކުރާ މަންޒަރުތައް ޓީވީން ބެލުން ފަދަ ކަންކަން ނުކުރާށެވެ. އެފަދަ ގޭގެއަށް ރަޙަމަތުގެ މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއެވެ. މިހެން ބުނީމާ ތިމަންނަމެން ބަލަނީ ލަވައެއް ކަމަށް ބުނެފާނެއެވެ. ލަވައިން ފެންނަ މީހުން ހެދުންއަޅައިގެން ތިބެނީ ﷲ އަންގަވާފައިވާ ގޮތަށް ހެއްޔެވެ؟ އެމަންޒަރުތައް ދައްކާ ގެއަކަށް ރަހްމަތުގެ މަލާއިކަތުން ވަދެވަޑައި ނުގަންނަވާނެތެވެ. މިހެން ބުނަން ކެރެނީ ސޫރަ ހުންނަ ތަޞްވީރު ހުއްޓަސް މަލާއިކަތުން އެތަނަކަށް ވަދެވަޑައިނުގަންނަވާތީއެވެ. ދަމާފައި ހުންނަ ފޮތިގަނޑެއްގައި ނަމަވެސްމެއެވެ. 

އެގެއަކަށް ގިނަގިނައިން މަލާއިކަތުން ވަދެވަޑައިގަންނަވާނަމަ އެގެއަކަށް ރަޙްމަތް އިތުރުކުރައްވަވާނެތެވެ. އެކަމަށް އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ! އަދި އެފަދަ ގެއަކަށް ޝައިޠޯނުންނަކަށް ނުވަދެވޭނެތެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން