ދަރިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ނުގެންދާ ބައްޕައިން ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ދަރިން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ނުގެންދާ ބައްޕައިން ޤިޔާމަތް ދުވަހު ދޭނީ ކޮން ޖަވާބެއް!

މިސްކިތުގެ ޖަމާޢަތެއ ނިމިގެންދާއިރު ނަމާދުކުރަންޖެހޭ ޢުމުރުގެ ކުޑަކުދިން ފެންނަނީ ވަރަށް މަދުންނެވެ. ބައެއް ޖަމާޢަތްތަކުން ފެންނަނީ އެންމެ 2،3 ކުދިންނެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ޢުމުރުން 10 އަހަރުވުމުން ދަރިން ލައްވައި ނަމާދުކުރުވުމަކީ ކުރުވަންޖެހޭނެ ކަމެކެވެ. ފިރިހެންކުދިން މިސްކިތުގެ ޖަމާޢަތަށް ގެންދިއުމަކީ ކޮންމެ ބައްޕައެއްގެ ބޮލުގައިވެސް އެޅިފައިވާ އެންމެ ބޮޑު މަސްއޫލިއްޔަތެވެ.  

ދުވަހުގެ 5 ނަމާދު ފާއިތުވެގެންދާއިރު ތިމާހުރީ ވަޒިފާއަދާކުރަން ކަމަސް ބުނެވިދާނެ ހެއްޔެވެ؟ މެންދުރުނަމާދަށާއި ޢަޞްރު ނަމާދަށް ޢުޒުރެއް ދެއްކުނަސް ގިނަ ބައްޕައިންނަށް ޢަޞްރު ނަމާދަށްވެސް އެޢުޒުރު ނުދެއްކޭނެއެވެ.  

ހޭލުންތެރިވެލައްވާށެވެ! ތިޜީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! "ﷲ ތަޢާލާ މީސްތަކުންގެ ހިސާބު ބައްލަވާނެކަމާއި އެމީހަކު ކުރަންޖެހޭ ކަންކަމަށް ޒިންމާވާންޖެހޭނެ ކަމާއި ފިރިހެން ދަރިން މިސްކިތަށް ޖަމާޢަތަށް ގެންދިއުމަކީ ބައްޕަގެ މަސްއޫލިއްޔަތެއް" ކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އަހަރެން ވަރަށް ފަހުން ޢަރަބި ޤައުމަކަށް ކުރި ދަތުރެއްގައި ބޭއްވުނު ދަރުސެއްގެ ތެރެއިން ބައްދަލުވި މަންމައަކު ރޮއިފައި ބުންޏެވެ!  

"ޝައިޚްއެވެ. މައިންބަފައިންގެ ޒިންމާތައް އެބަވިދާޅުވެދެއްވަމުއެވެ. އަޅުގަނޑުގެ ދޮށީ ފިރިހެން ދަރިފުޅުގެ ޢުމުރަކީ 12 އަހަރެވެ. 12 އަހަރުފުރުނުއިރުވެސް ދަރިފުޅުގެ ބައްޕަ، ހުކުރު ނަމާދަށް ދަރިފުޅު ގެންދިއުން ނޫން އެއްވެސް ކަމެއް ނުކުރެއެވެ. މިދަންނަވަނީ ހުކުރު ނަމާދު ނޫން އެއްވެސް ނަމާދަކަށް ދަރިފުޅު ނުގެންދާ ވާހަކައެވެ. އަޅުގަނޑުގެ އިތުރު 3 ކުދިން އެބަ ތިއްބެވެ. އެކުދިން ދޫކޮށްލާފައި އެ ދަރިފުޅު ގޮވައިގެން މިސްކިތަށް ދިއުމަކީ އަޅުގަނޑަށް ކުރަން ފަސޭހަކަމެއް ނޫނެވެ! ވީމާ މިހާރު ބާލިޣްވެފައި އެހެރަ އަޅުގަނޑުގެ ދަރިފުޅު ލައްވައި ޖަމާއަތުގައި ނަމާދު ނުކުރެވޭތީ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟"  

އޭނާއަށް ހުރީ ރޮވިފައެވެ. ދެލޮލުން ކަރުނަ އޮހެރެއެވެ. ގަނެފައިވާ ބިރަކުން ތުރުތުރުވެސް އަޅައެވެ. އެޙާލަތުގައި ބުނާނެ ބަހަކާއިމެދު ވިސްނައިލަންވެސް ޖެހުނެވެ. އެންމެފަހުން އަހަރެން ބުނީމެވެ! "ﷲ ތަޢާލާ މީސްތަކުންގެ ހިސާބު ބައްލަވާނީ އެމީހަކު ކުރަންޖެހޭ ކަންކަމުގެއެވެ. ފިރިހެން ދަރިން މިސްކިތަށް ޖަމާޢަތަށް ގެންދިއުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. މިސްކިތަށް ނުގެންދެވުނު ނަމަވެސް ކޮންމެ ވަގުތެއް ޖެހުމުން ދަރިފުޅަށް ހަނދާންކޮށްދީގެން ގޭގައި ނަމާދުކުރުވޭތޯ ބަލާށެވެ! އެއިރުން ތިބާގެ ވާޖިބު އަދާކުރެވުނީއެވެ."  

މިއީ މިއަދު ވަރަށް ބޮޑަށް ޢާންމުވެފައިވާ މައްސަލައެކެވެ. ވީމާ އެންމެންވެސް މިންކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައި ސަމާލުކަން އިތުރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން