ފާފަކުރުމުން ދުރުވެ ހުންނަން އެދޭމީހާ ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤަށް އެދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފާފަކުރުމުން ދުރުވެ ހުންނަން އެދޭމީހާ ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤަށް އެދޭށެވެ!

ބައެއް މީހުން ފާފަކުރުން ހުއްޓާލަން ބޭނުންވުމުން އެކަމަށް ޕްލޭންތަކެއް ކުރެއެވެ. ގޮތްތަކެއް ރާވައެވެ. އެއީ ކުރަން ރަނގަޅު ކަންކަމެވެ. އެހެންކަމާއިއެކުވެސް ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤަށް އެދެންވާނެއެވެ.  

އިބްނު ރަޖަބު رحمه الله ވިދާޅުވިއެވެ. 

"ތަޢާލާގެ ތައުފީޤާއި އެހީތެރިވެވޮޑިގެންނެވުމާ ނުލާ އަޅާއަށް އޭނާގެ ނަފްސުގެ މައްޗަށް ގަދަވެނުގަނެވޭނެއެވެ.  

ފަހެ ﷲ ތަޢާލާ ޙިމާޔަތްކޮށްދެއްވައިފި އަޅަކު ދަންނައެވެ.

އެއިލާހު އެމީހަކު ރައްކާތެރިކޮށްދެއްވައި އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެއެވެ.

އަދި އޭނާގެ ނަފްސުގެ ދަހިވެތިކަމާއި ނަފްސުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވައެވެ.

އަދި އެއާ ދެކޮޅަށް މަސައްކަތްކުުރުމުގައި ގަދަކަން ދެއްވައެވެ.  

އަދި އޭނާގެ އަމިއްލަ ނަފްސަށް އެކަން ހަވާލުކޮށްފި މީހަކު ދަންނައެވެ.

އޭނާގެ (ހަވާ) ނަފްސު އޭނާގެ މައްޗަށް ގަދަވެގަންނާނެއެވެ.

އަދި އޭނާއަކީ އޭގެ އަސީރެއްކަމުގައި ހަދާ، އޭނާ ކަނޑައެޅިގެން ހަލާކުވަނިވި ކަންތައްތަކުގެ ތެރެއަށް ގެންދާނެއެވެ." 

[مجموع الرسائل لابن رجب ( 1 / 144 )]

 

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން