ސޯޝަލް މީޑިއާގަ އެެހެން މީހުންނަށް ނަޞޭޙަތްދޭ ގިނަ މީހުން ޢަމަލުކުރަނީ ދިމާ އިދިކޮޅަށް! އެކަމުން ލިބިދާނެ ދެރަ ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ސޯޝަލް މީޑިއާގަ އެެހެން މީހުންނަށް ނަޞޭޙަތްދޭ ގިނަ މީހުން ޢަމަލުކުރަނީ ދިމާ އިދިކޮޅަށް! އެކަމުން ލިބިދާނެ ދެރަ ވަރަށް ބޮޑު!

ދެމަފިރިންގެ ގުޅުން ރަނގަޅުކޮށް އުފާވެރި ދިރިއުޅެވޭނެ ގޮތް ބަޔާންކޮށް ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި ޕޯސްޓައް ކުރެއެވެ. ދެމަފިރިން އެކަކުއަނެކަކަށް ވަފާތެރިވުމަށާއި ބައިވެރިޔާއަށް ހެޔޮކޮށް ހިތުމަށް އިލްތިމާސްކުރެއެވެ. 

އަހުރެންގެ ބައެއް އެހީތެރިން މެދުވެރިކޮށް ދާދިފަހުން ދިރާސާއެއް ކުރީމެވެ. އެދިރާސާއިން އެނގުނު ގޮތުގައި މިފަދަ ޕޯސްޓްތައް ކުރާ ގިނަ މީހުން ޢަމަލުކުރަނީ އެމީހުން ކުރާ ޕޯސްޓާއި ދިމާ އިދިކޮޅަށެވެ. ބައިވެރިޔާއަށް ބޭވަފާތެރިވެއެވެ. އަނިޔާވެރިވެސްވެއެވެ. ޚަރަދެއްވެސް ނުކުރެއެވެ. 

މީސްތަކުންނޭވެ! ކުރާ ކަންކަން އެއީ ހެޔޮ ޢަމަލުތައް ކަމުގައިވެ އެކަމުން ޘަވާބުލިބެން ބޭނުންނަމަ ފުރަތަމަ ކަމަކަށްވެސް ހެޔޮ ނިޔަތުގައި ކަންކަން ކުރާށެވެ. އަދި ތިމާކުރާ ޕޯސްޓްތަކަށް ތިމާވެސް ޢަމަލުކުރާށެވެ! 

ބައެއް މީހުން ނަމާދުކުރަން ބާރުއަޅައި ޕޯސްޓްތައް ކުރެއެވެ. ހުކުރު ދުވަހު އަވަހަށް ހުކުރަށް ދިއުމަށާއި ކަހްފި ސޫރަތް ކިޔެވުމަށާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަންވެސް ޕޯސްޓްތައް ކުރެއެވެ. އެކަމަކު ތިމާ ނަމާދުނުކުރާނަމަ އަދު ހުކުރު ދުވަހު ކުރަންޖެހޭ ކަންކަން ނުކުރާނަމަ ތިމާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

އަހުރެންނަށް އެނގިހުރި މިންވަރުން ބުނަމެވެ. ހެޔޮ ޢަމަލުތައް ކުރަން މީހުންނަށް ބުނަމުން ތިމާއެކަން ނުކުރާނަމަ އެމީހެއްގެ ޢަމަލުތައް ދެއްކުންތެރިކަމަށްވެ މުނާފިޤަކަށްވުމުގެ ފުރުޞަތު އެބައޮތެވެ. އެގޮތަށް އެކަން ވެއްޖެނަމަ އެކަންވާނީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައަށެވެ. ވީމާ މިއީ ވިސްނުން ވަރަށް މުހިންމު ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން