މީސްތަކުންނާއިމެދު ކުށްހީތައް ނުކުރާށެވެ! އެއީ ކުރެވޭ ފާފައެކެވެ. މީސްތަކުންނާއިމެދު ނުބައިކޮށް ވިސްނާ ނަމަ އެކުރެވޭ ފާފައިގެ ސަބަބުން ތިމާއަށް ނުބައިގޮތްތައް މެދުވެރިވެދާނެކަމަށް ބިރުވެތިވާށެވެ!
މީހަކު މިސްކިތަށް އަރާތަން ފެނުމުން އެއީ ކަންދައްކަން މިސްކިތައް އަރާ މީހަކު ކަމަށް އެބަ ވިސްނައެވެ. މިސްކިތުގައި ފޯނު ހިފައިގެން ގިނައިރުވެއްޖެ ނަމަ އެކުރާކަމަކީ ގޭމްކުޅުން ކަމަށް އެބަ ވިސްނައެވެ. އޭނާ މިސްކިތަށް އެރި ނިޔަތާ ފޯނުންކުރި ކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަން އެބައެނގެއެވެ! އެކަން ބެލުމަށް ތިބާއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟
ދަންވަރު އަންހެނަކު މަގުމަތިން ފެނިއްޖެ ނަމަ އޭނާ ޢާއިމެދު އެބަ ޝައްކުކުރެއެވެ. ކައިވެނީގެ ތަންކޮޅެއް ކުރީކޮޅު އަނބިމީހާ ބަލިވެ އިނދެއްޖެނަމަ އެކަން މެދުވެރިގޮތަކާއިމެދު އެބަ ޝައްކުކުރެއެވެ. ކައިވެނިކުރީ ބަލިވެއިނދެގެން ކަމަށް އެބަ ޝައްކުކުރެއެވެ. ކުރަން އޮތީ ހަމަ އެއް ސުވާލެކެވެ! އެކަންކަން ބަލަން ތިބާއާއި ޙަވާލުކުރީ ކާކުހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެހެން މީހުންގެ ނިޔަތާއި އެހެން މީހުން ކުރާ ކަންކަމާއިމެދު ވިސްނައި ވަގުތުބޭކާރުކުރުމުގެ ބަދަލުގައި އެކަމަށް ހޭދަކުރާ ވަގުތުތަކަކީ ﷲ ތަޢާލާ ޢާއިމެދު ވިސްނަން ހޭދަކުރާ ވަގުތަކެއް ކަމުގައި ހަދައިފިނަމަ މާރަނގަޅު ނޫންހެއްޔެވެ؟ ދޮގު ތުހުމަތުކުރެވިގެން ފާފަވެރިވުމުގެ ބަދަލުގައި ޘަވާބުލިބޭނެ ނޫންހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން