މަރުވެ ވަޅުލެވޭތާ އެތައް އަހަރެއްވާއިރުވެސް އެއްވެސް ބަދަލެއް ނައިސް އެމީހަކު މަރުވިގޮތަށް އޮންނަ ހަށިގަނޑުތައް މިހާރުވެސް ދަނީ ފެންނަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މަރުވެ ވަޅުލެވޭތާ އެތައް އަހަރެއްވާއިރުވެސް އެއްވެސް ބަދަލެއް ނައިސް އެމީހަކު މަރުވިގޮތަށް އޮންނަ ހަށިގަނޑުތައް މިހާރުވެސް ދަނީ ފެންނަމުން!

އަޅުގަނޑު އަޑުއަހަނީ ޝަހީދުން ފަދަ ވަރަށް މާތް ބޭކަލުންގެ ހަށިގަނޑު ވަޅުލުމުން ކުނިނުވެ އޮންނަ ކަމަށެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ މާތް މީހުން މިހާރުވެސް ދުނިޔޭގައި އެބައުޅޭތޯއެވެ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ސަޢުދިޢަރަބިޔާގެ އަވަށަކުން ދާދިފަހުންވެސް ވަނީ ވަޅުލިތާ 30 އަހަރުވެފައިވާ ޒުވާނެއްގެ ހަށިގަނޑަށް އެއްވެސް ބަދަލެއް ނައިސް އޮއްވާ ފެނިފައެވެ. އެހެންވެ އޭނާ ދެނެގަނެވުނެވެ. އެއިރު އޭނާގެ ބައްޕަވެސް ދުނިޔޭގައި ހުއްޓެވެ. އެހެންވެ އެހަށިގަނޑު ޙަވާލުކުރީވެސް ޢާއިލާއާއިއެވެ. 

ވީމާ ﷲ ތަޢާލާގެ ޙަޟްރަތުން މަތީ ދަރަޖަ ލިބިގެންތިބި މީހުން މިހާރުވެސް އުޅޭނެއެވެ. އިން ޝާ ﷲ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކަށް ވެވޭތޯއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ. 

ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއިބެހޭ ގޮތުން ގިނަބައަކު ތަފާތުވާހަކަތައް ދައްކައެވެ. މުސްލިމުން މަގުފުރައްދުވަން މަސައްކަތްކުރެއެވެ. ދުނިޔެއިން މިފެންނަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައްކަމުގައިވާއިރުވެސްމެއެވެ. 

ކުޑަކުޑަ ކަމެއްގެ ހަނދާން އައުކޮށްލާނަމެވެ. 

މަރުވުމުން ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވޭނެ ގޮތްތައް ވަނީ ވަރަށްކުރީންސުރެ އީޖާދުކުރެވިފައި ނުވަތަ ﷲ ތަޢާލާ އުނގަންނަވައި ދެއްވަވާފައިކަން ދުނިޔޭގެ ބައެއް ދާރުލްޢާޘާރުތަކުން އެހެރީ ފެންނާށެވެ. އެންމެން އެކަމަށް އެއްބަސްވާ މޫސާގެފާނުގެ ފިރުއަޢުނުގެ ހަށިގަނޑުވެސް އެއޮތީއެވެ. އެނޫންވެސް އެތައްހާސް އަހަރެއްވެފައިވާ ހަށިގަނޑުތައް އެހެރީ ފެންނާށެވެ! އަދި މިއަދުވެސް އެއީ ﷲ ތައާލާ ދެއްވަވާފައިވާ ޢިލްމުގެ އަލީގައި ކުރެވެން އޮތްކަމެކެވެ. 

އަހަރެމެން މި ޤަބޫލުކުރަނީ މިފަދަ ގޮތަކުން ހަށިގަނޑު ހިމާޔަތްނުކޮށްފިނަމަ މަރުވުމުން މީހާގެ ހަށިގަނޑު ވަޅުނުލި ނަމަވެސް އަދި ވަޅުލި ނަމަވެސް ކުނިވެގެންދާނެކަމަށެވެ. މަސްތައް ގިރި ހަށިގަނޑާއިވަކިވެގެންދާނެ ކަމަށެވެ. އަދި ގިނަ ޒަމާންވުމުން އެންމެ ކަށިކޮޅެއް ފިޔަވައި އެހެން ހުރިހާ ކަށިތަކެއް ނެތިގެންދާނެ ކަމަށެވެ. އެކަން ފެންނަމުންދަނީ އެގޮތަށެވެ.

މިއަދުނޫހަށް މައުލޫމާތުދިން ޕާކިސްތާނުން މެޑިސިން ކިޔެވި ދިވެހި ދަރިވަރަކު ބުނެފައިވެއެވެ. "ޕޯސްޓްމޯޓޮމް އާއިބެހޭ ގޮތުން ކިޔަވައިދިން ޕްރޮފެސަރަކު ބުނެފައިވެއެވެ. މީހަކު މަރުވެ ވަޅުލެވުނުތާ އެތައް ދުވަހެއް ފަހުން ޕޯސްޓްމޯޓޮމް ހެދުމުގެ ކަމެއްގައި މީހެއްގެ މަހާނަ ކޮނުނީމެވެ. ނަމަވެސް ޙައިރާންވި ކަމަކީ އޭނާގެ ހަށިގަނޑު އޮތީ ދާދި ދެންމެ މަރުވި މީހެއްފަދައިން ތާޒާކަންމަތީގައެވެ. ނިތްކުރީގައި ދައުތިކި ހުރިހެންވެސް ހީވިއެވެ. މިއީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ފެނުނު މިފަދަ ހމައެކަނި ކަންތަކެވެ." 

މިފަދަ ކަންކަމުން އެނގިގެން މިދަނީ ހަމަ މިޒަމާނުގައިވެސް މިފަދަ ކަންކަން ހިނގާކަމެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅެއްގެ ހަށިގަނޑު ކުނިވެ ހަލާކުވެގެންނުދާކަމެވެ. އެކަމުގެ ޙިކުމަތާއި ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޔަޤީންކުރަންޖެހޭ ކަމަކީ މިފަދަ އާދައާއި ޚިލާފްކަމެއް މެދުވެރިވުމަށް ކޮންމެވެސް މުހިންމު ސަބަބުތަކެއް އޮންނާނެ ކަމެވެ.

މިއަދު އޮންލައިން