ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ތިބާ އެމީހަކު ދެކެ ލޯބިވާ މީހަކު ތިބާއާއި ވަކިވިޔަސް، ތިބާއަށް އެމީހަކު ނުލިބުނަސް އޭނާގެ މަތިން ހަނދާންކުރެވޭނެއެވެ. އަދި ދެރައެއް ދިނަސް ބަދަލުހިފާކަށް ބޭނުމެއް ނުވާނެއެވެ. އަދި އެމީހަކަށް އެއްވެސް ދެރައެއް ލިބޭކަށްވެސް ނުއެދޭނެއެވެ. އަދި އެމީހަކަށް ދަތިޙާލެއް ކުރިމަތިވެއްޖެނަމަ އެހީތެރިވެދޭންވެސް ބޭނުންވާނެއެވެ.
ކަންއޮތީ މިހެންކަމަށްވާއިރު ތިބާގެ ބައިވެރިޔާގެ ކިބައިން ލޯބިނުލިބޭނަމަ، ތިބާގެ ހިތުގައި ޖައްސުވާނަމަ، އަދި ތިބާއާއި އަޅާނުލާނަމަ އަދި ތިބާއަށް އެހީތެރިނުވާނަމަ އޭނާ ތިބާދެކެ ލޯބިވާކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟
ސުވާލަކީ ތިބާގެ ބައިވެރިޔާގެ ކިބައިން މިބުނި ސިފަތައް ފެނޭހެއްޔެވެ؟ މިބުނިގޮތަށް ކަންކަންކުރޭހެއްޔެވެ؟ އެހެންކަމަށްވާނަމަ ބައިވެރިޔާ ތިބާދެކެ ލޯބިވާކަމަށް ޝައްކުވެސް ނުކުރާށެވެ! އަދި މިބުނި ސިފަތައް ނުފެންނަމަ، މިބުނި މަގުން ކަންކަން ކުރާނަމަ އޭނާއަކީ ތިބާދެކެ ލޯބިވާ މީހަކު ކަމަށް ބަލައިގެން ނުވާނެއެވެ.
ދެން ބުނެލަން ބޭނުންވަނީ ފަހަރެއްގައި ބައިވެރިޔާ ތިބާދެކެ ލޯބިނުވާކަމަށްވެސް ވެދާނެއެވެ. އެހެންކަމާއިއެކުގައިވެސް މި ބުނި ސިފަތައް ދައްކައި މިބުނި މަގުން ޢަމަލުކުރާނަމަ އެމީހަކާއި އެއްވެސް ޝަކުވާއެއް ނުކުރާށެވެ! ޢުމުރަށް އެކުގައި އުޅެން މަސައްކަތްކުރާށެވެ.
- އަލަފް / މިއަދުނޫހަށް