ސުންނަތުގަ އޮތީ ފުދުންތެރިކަން ހުރިވަރަކުން ވަލީމާދީ ވިހާގިނަބައަކަށް ކައިވެނި އަންގަން! ސިއްރުކުރީމާ ލިބޭނެ ގެއްލުންތައް ވަރަށް ގިނަވެފަ އެހާމެ ބޮޑު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސުންނަތުގަ އޮތީ ފުދުންތެރިކަން ހުރިވަރަކުން ވަލީމާދީ ވިހާގިނަބައަކަށް ކައިވެނި އަންގަން! ސިއްރުކުރީމާ ލިބޭނެ ގެއްލުންތައް ވަރަށް ގިނަވެފަ އެހާމެ ބޮޑު!:  މުފްތީ މެންކް

ބައެއް މީހުން މިއަދުކުރާ އެއް ސުވާލަކީ ސިއްރުން ކައިވެނިކުރުމާއިމެދުގައެވެ. އެއީ ކުރަން ރަނގަޅުކަމެއްތޯއެވެ؟ އެމީހުން ބުނަނީ އެމީހުންގެ ކައިވެނި ސިއްރުކުރަން ބޭނުންވާ ކަމަށެވެ. މީސްތަކުންނަށް އަންގަން ބޭނުން ނުވާ ކަމަށެވެ.

އަހަރެންގެ ނަޞޭޙަތަކީ ސިއްރުން ކައިވެނި ނުކުރުމެވެ. ފުރަތަމަ ކަމަކީ ސިއްރުން ކައިވެނިކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ އެކަމުގެ ތެރެއިން ތިމާ ބޭނުންވާ ޝަހުވާނީ އެދުންތައް ފުއްދައިލުމެއް ނޫނެވެ. އެކަންކުރުން ޙަލާލުކޮށްލުމެއް ނޫނެވެ. ކައިވެނިކުރުމުގެ ބޭނުމަކަށްވާންޖެހޭނީ ދެމީހުން އެކުގައި ދިރިއުޅުމެވެ. އަދި އެކަން ކުރަންޖެހޭނީ ވީހައި ގިނަބައަކަށް ތިމާމެންނަކީ ދެމަފިރިންކަން އަންގައިގެންނެވެ.

ސިއްރުން ކައިވެނިކޮށްގެން އެތައް އަހަރެއްވާފަހުން އެކަކު ފޫހިވެގެން އެކަން ނިމުމަކަށް ގެންނަންޖެހިއްޖެނަމަ ކުރިމަތިވާނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް ދަރިއަކުވެސް ލިބިދާނެއެވެ. އެއިރުން އުފެދޭ މައްސަލަތައް ހައްލުކުރުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ.

ކައިވެންޏަށްފަހު ވަލީމާދިނުން ސުންނަތްވާ އެންމެ ބޮޑު ސަބަބަކީވެސް ކައިވެނިކުރިކަން ވީހާ ގިނަބައަކަށް އެންގުމެވެ. ކައިވެނިނުކޮށް ހުންނައިރު ކަޅިއަޅާ މީހުން އެކަންކުރުން ހުއްޓާލާނީވެސް ކައިވެނިކޮށްފިކަން އެނގުމުންނެވެ. ވީމާ ކައިވެނިކުރުމަށްފަހު އެކަން ވީހާ ގިނަ ބައަކަށް އެންގުމުން ކުރާނެ ފައިދާތައް ވަރަށް ގިނައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން