ދަރިންގެ މެދުގައި ހަމަހަަމަ ނުކުރުމުގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެ. އެންމެ ގިނަ ބައަކު ޝަކުވާކުރާ އެއް މައްސަލައެވެ. މައިންބަފައިންނަށް ދޭންޖެހޭ ލޯބި ދިނުމަށް ދަރިން ފަސްޖެހޭ ސަބަބަކަށްވެސް އެކަން ވެގެންދެއެވެ. ވީމާ އިސްލާމް ދީނުގައި ކަން އޮތްގޮތަށް ބަލައިލަމާ ހިނގާށެވެ!
ޢުމަރު ބިން ޢަބްދުލްޢަޒީޒް އެކަލޭގެފާނުގެ ފިރިހެން ދަރިކަލުންގެ ގައިކޮޅުގައި ބައްދަވާލައްވާފައި ވިދާޅުވިއެވެ. "ބައްޕަ ދަރިފުޅު ދެކެ ކިތަންމެ ލޯބިވީ ނަމަވެސް ދަރިފުޅުގެ އުޚުތުންނަށްވުރެ އިތުރަށް ބަތްސުވަލެއްގެ މިންވަރުވެސް ދަރިފުޅަށް އިތުރަށް ދިނުން ބައްޕައަކަށް ހުއްދައެއް ނޫނެވެ!"
އެއް ދުވަހަކު މީހަކު އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ރަސޫލް (ﷺ) ގެ ކުރިފުޅުމަތީގައި އޭނާގެ ބޮލުގައި ފިރުމައިލުމަށްފަހު އިށީނދެ ކަނައަތު ފައިމަތީގައި ދަރިފުޅު ބެއިންދިއެވެ. އެވަގުތު އޭނާގެ އަންހެން ދަރިފުޅު ވަދެގެން އައިސް ބައްޕަ ގާތުހުއްޓުމުން ބޮލުގައި ފިރުމައިލުމަށްފަހު އޭނާގެ ގާތުގައި ބެއިންދިއެވެ.
އެވަގުތު އޭނާގެ އަނެއްފައިމަތީގައި އަންހެންދަރިފުޅު ނުބެއިންދީތީ ރަސޫލް (ﷺ) ސުވާލުކުރެއްވެވިއެވެ. ދެން އޭނާ އަނހެންދަރިފުޅު ވައަތުފައިމަތީގައި ބެއިންދުމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވިއެވެ. މިހާރު ތިބާ އިންޞާފު ޤާއިމުކޮށްފިއެވެ.
ނިކަން ވިސްނައިލަބަލާށެވެ! މިހައި ކުޑަކަމެއްގައި ދަރިންގެ މެދުގައި ތަފާތުކުރުންވެސް ރަސޫލާ (ﷺ) ނިންމަވާފައިއެވަނީ ދަރިންގެ މެދުގައި އިންޞާފުޤާއިމުނުކުރުން ކަމަށެވެ. މީގެ އިތުރުން ރަސޫލް (ﷺ) ވަނީ ދަރިންގެ މެދުގައި އެއްވެސް ވަރަކަށް ތަފާތުނުކުރުމަށާއި ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ދިން ނަމަވެސް އަދި މުދަލުން އެއްޗެއް ދިން ނަމަވެސް ދަރިންގެ މެދުގައި ތަފާތުނުކުރުމަށް ޙަދީޘްފުޅުކުރައްވަވައިފައެވެ.
މިކަންކަމުން އެނގިގެން މިދަނީ ދަރިންގެ މެދުގައި އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ތަފާތުކުރުމަކީ ވަރަށް ބިރުހުރި ކަމެއްކަމެވެ. އެހެނީ އެކަން ވެގެން އެދަނީ އިންޞާފުޤާއިމުނުކުރުން ކަމަށެވެ! އިންޞާފު ޤާއިމުނުކުރުމަކީ ﷲ އެމީހަކަށް ގަދަފަދ ޢަޛާބު ދެއްވަވާނެ ކަމެކެވެ!
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން