ކީރިތި ޤުރްއާނުން އެމީހަކު ހިތުދަސް ތަނަތްނަ ކިޔެވުމަކީ މަސައްކަތުގައި އުޅެމުންވެސް ކުރެވިދާނެއެވެ. އަދި ފޯނުން ކިޔަވާނަމަ ލިބޭ ހުސްވަޤުތުތަކުގައި ގިނައިން ކިޔަވަންވީއެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔަވަން ނިޔަތްގަނެ މުޞްޙަފް ހިފައިގެން އިނދެ، މުޞްޙަފް ނުވަތަ ބަލައިގެން ކިޔަވާނަމަ އެކަމުގެ އަދަބުތަކަށް އިތުރަށް ރައްކައުތެރިވާންޖެހޭނެއެވެ.
ފޯނުން ބަލައިގެން ކިޔެވުމާއި މުޞްޙަފް ބަލައިގެން ކިޔެވުމުގެ ޙާލަތު ބަދަލުވެގެންވެސްދެއެވެ. މިޘާލަކަށް ބުނާނަމަ ބަސްދަތުރެއް ކުރަމުން، ނުވަތަ ފްލައިޓްމަތީގައި އިނދެގެންވެސް ފޯނުން ކިޔަވަންވީއެވެ. ވުޟޫކުރާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް މުޞްޙަފްގައި ބީހި، މުޞްޙަފުން ކިޔަވާނަމަ ވުޟޫކުރަންޖެހޭނެއެވެ.
ފޯނުބަލައިގެން އިނދެ ނުވަތަ ހިތުން ކިޔެވިނަމަވެސް ދުލާއިއެކު ތުންފަތް ޙަރަކާތްތެރިވާށެވެ! މައްދުތަކަށާއި ފިލިތަކަށް ރައްކައުތެރިވެވޭނީ އެއިރުންނެވެ. އަދި ކިޔަވަންވާނީ ކިތަންމެ މަޑުން ނަމަވެސް އަމިއްލަ ނަފްސަށް އަޑުއިއްވައިގެންނެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ކަލާމްފުޅެވެ. އެފޮތް ކިޔަވާހިނދު އަޅުގަނޑުމެން އަދބުތަކެއް ގެންގުޅެން ޖެހެއެވެ.
ﷲ ތަޢާލާ އަންޢާމް ސޫރަތުގައި 160 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ ﴿١٦٠﴾
މާނައީ: "ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. (160)"
އެހެންކަމުން މި ލިޔުމުގައި ބައެއް އަދަބުތައް ހިމަނާލާނަމެވެ.
· ސާފުޡާހިރުވެގެން ނޫނީ ކީރިތި ޤުރްއާނުގައި (މުޞްޙަފްގައި) އަތްނުލުން
· ކީރިތި ޤުރްއާން ކިޔަވަން ފެށުމުގެ ކުރީން ދަތްއުނގުޅުން
· ކިޔަވަން ފެށުމުގެ ކުރީން ރީތި (ސާފުތާހިރު) ފޭރާންލުން
· ޤިބުލައަށް ކުރިމަތިލުން
· އާފުރޭނަމަ ކިޔެވުން މެދުކަނޑާލައި ހަމަޖެހިލުން
· މުހިންމު ބޭނުމެއް ޖެހިގެން ނޫނީ ކިޔެވުން މެދުކަނޑާލައި ވާހަކަނުދެއްކުން
· ސަމާލުކަންދީގެން ކިޔެވުން
· ވަޢީދެއް އޮތް އާޔަތެއް ނަމަ އެކަމުން ރައްކާތެރިކަމަށް އެދުން
· ކީރިތި ޤުރްއާން ކިޔަވަން ފަށާފައި މުޞްޙަފް ހުޅުވާފައި ބާއްވާފައި ނުދިޔުން
· ކީރިތި ޤުރްއާން ނުވަތަ މުޞްހަފް މަތީގައި އެހެން އެއްވެސް އެއްޗެއް ނުބޭއްވުން