ރޯގާ ދިގުލައިގެން ދިއުމުންނާއި ފުއްޕާމޭގެ ބަލިތަކުންނާ އިންފްލުއެންޒާއިން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރޯގާ ދިގުލައިގެން ދިއުމުންނާއި ފުއްޕާމޭގެ ބަލިތަކުންނާ އިންފްލުއެންޒާއިން ސަލާމަތްވެ ތިބުމަށް ކުރެވިދާނެ ބައެއް ކަންކަން-

މިހާރަކަށް އައިސް އަރިދަފުސް ރޯގާ ޖެހުން ގިނަވެއްޖެއެވެ. ރޯގާގައި ހޭދަކުރަންޖެހޭ މުއްދަތު ދިގުލައިފިއެވެ. ކެއްސުމާއި އެހެންވެސް އުނދަގޫތަކުގައި އުޅެންޖެހުމަކީ ޢާންމު ކަމަކަށް ވެއްޖެއެވެ. ނަތީޖާއަކީ ފުއްޕާމެއަށް އަސަރުކުރުމެވެ. އިންފުލުއެންޒާއަށް ބަދަލުވަމުން އަންނަ ކަމެވެ. އިންފުލުއެންޒާ ޖެހޭ މީހުން ގިނަވާ ކަމެވެ. 

މިޙާލަތުގައި ފުރަތަމަ ކަމަކަށްވެސް ދުންފަތުގެ އިސްތިޢްމާލްކުރުމުން ދުރުހެލިވާށެވެ! އަމިއްލައަށް ފުއްޕާމެއަށް ގެއްލުން ދިނުން ހުއްޓައިލާށެވެ. ވަރުބަލިވެ ގެއްލުން ނުވާނެވަރު ބަލައިގެން ކޮންމެ ދުވަހަކުވެސް ކަސްރަތުކުރާށެވެ! 

އިނގުރުކޮށައި ލުބޯ ހުތް އަޅައި މަޑުގިނީގައި ކައްކައި މިކްސަރަކުން އިނގުރުތައް ޗިސްކޮށް ފެނާއިއެކު ބޮމުންގެންދާށެވެ! މާމުޔާއި ލުބޯހުތްވެސް ބޭނުންކުރާށެވެ! ކެފެއިން ހުންނަ ބުއިންތައް ބޭނުންނުކުރާށެވެ! 

ސާފުވައި ލިބިގަންނާށެވެ! ހެނދުނާއި ހަވީރު ގޮނޑުދޮށަށްގޮސް ސާފުވައި އެތެރެކުރެވޭނެ ގޮތަށް ފުންކޮށް ނޫވާލާށެވެ! 10 ނުވަތަ 15 ވަރަކަށް މިނިޓް އެކަންކުރާށެވެ. 

ބޮޑުވަރުވަންދެން ނުހުރެ ޑޮކްޓަރަށް ދައްކައި ފަރުވާހޯދަން މަސައްކަތްކުރާށެވެ! 

ޖައްވުގެ ވައިނުބައިވަމުން އަންނަކަމީ ފުއްޕާމެއަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. ނަމަވެސް ދިރިއުޅެންޖެހިފައި މިވަނީ އެނުރައްކަލާއިއެކުގައެވެ. ވީމާ ސަލާމަތްކަން ހޯދަން މިބުނި މަގުން ކަންކަން ކުރާށެވެ!

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން