އިސްތަށިގައި ސިޙުރުގެ ގޮށް ޖަހައިގެން ސިޙުރު ހެދުމުން ފެނުން ގާތް ބައެއް ޢަލާމާތްތަކާ އެބާވަތުގެ ސިޙުރެއް ފެނިއްޖެނަމަ ރައްކާތެރިކަމާއެކު ނައްތާލަން ކަންތައް ކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އިސްތަށިގައި ސިޙުރުގެ ގޮށް ޖަހައިގެން ސިޙުރު ހެދުމުން ފެނުން ގާތް ބައެއް ޢަލާމާތްތަކާ އެބާވަތުގެ ސިޙުރެއް ފެނިއްޖެނަމަ ރައްކާތެރިކަމާއެކު ނައްތާލަން ކަންތައް ކުރަން އޮތް ގޮތް-

ތިބާގެ ބޮލުގެ ވަށައިގެން، ނުވަތަ ބޮލުގެ އެކިތަންތަނަށާއި ނިތްކުރީގެ ދެފަރާތަށާއި މެދަށް އަދި ހަށިގަނޑުގެ އެކި ތަންތަނަށް ތަދުއަރާނަމަ ޑޮކްޓަރަށް ދައްކާށެވެ. ބޭސްކެއުމުން ޝިފާ ނުލިބޭނަމަ ނުވަތަ ބައްޔެއް ނުފެނުނުނަމަ ރުޤްޔާކުރާ، ކަމުގެ ތަޖުރިބާހުރި، އިތުބާރުކުރެވޭ މީހަކާއި މަޝްވަރާކުރާށެވެ. 

ގިނަ ފަހަރު މިބާވަތުގެ ކަންކަން ކުރިމަތިވަނީ ސިޙުރުހަދައި އިސްތަށީގައި ގޮށް ޖެހުމުންނެވެ. ވީމާ ގޭތެރެއިން ނުވަތަ ތިމާއާއި ގުޅުންހުރި ތަނަކުން ގޮތް ނުއެނގޭ އިސްތަށި ފެނިއްޖެނަމަ ނަމަގައި އެއްލާލުމުގެ ކުރިން އެއިސްތަށިތަކަށް ރަނގަޅަށް ބަލާށެވެ. އެއްވެސް ބާވަތެއްގެ ގޮށެއް ހުރިކަން އެނގިއްޖެނަމަ ގޮށްތައް މުހެލަންވާނެއެވެ. މުހެ ނުލެވޭނެ ނަމަ ތޫނު ކަތުރަކުން ކުދިކުދިކޮށް ކޮށައިލާށެވެ. 

އެއިގެ ކުރިން ސިޙުރު ބާޠިލްކުރަން ކިޔަވަންހުރި ޢާޔަތްތަކާއި ފަލަޤް އަދި އައްނާސް ސޫރަތް ކިޔަވައި ފެނަށް ފުމޭށެވެ. ފެންތައްޔާރުކުރުމަށްފަހު ފެނުގެ ތެރެއަށް އަޅައިލާށެވެ. އަންދައިލެވޭނަމަ މިބުނި މަގުން ކިޔަވައި ފުމެލުމަށްފަހު އަންދައިލާށެވެ. އަދި މިބާވަތުގެ އެއްޗެއް ފެނިއްޖެނަމަ އަތްލަން އެންމެ ރައްކައުތެރިގޮތަކީ އަތަށް އަންގިލައްވައިގެންނެވެ. 

ސިޙުރުހަދާފައިވާ ތަވީދެއް ފެނިއްޖެނަމަ ހަމައެކަނި އަންދައިލުމަކުން ނުފުދޭނެއެވެ. ތަޖުރިބާ ހުރި ރާޤީއެއްގެ ލަފާ ހޯދައިގެން އޭނާ ބުނާ ގޮތަކަށް ނައްތައިލާށެވެ! 

ގިނަ ބައަކު އުޅޭ ގެއެއްނަމަ އެއީ ކާކަށް ހެދި ސިޙުރެއްކަން ނުއެނގިދާނެއެވެ. ވީމާ ބަލިވެ އުޅޭ މީހާގެ އިތުރުން ގޭގައި އުޅޭ އެންމެންވެސް ހަށިރައްކަލަށް ކިޔަވަންޖެހޭ ޛިކުރުތައް ކިޔަވަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން