ޤާރޫނު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ސިފައަށް ބިރުވެތިވޭ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤާރޫނު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ސިފައަށް ބިރުވެތިވޭ!: ޑރ. ޔާސިރު ޤާޟީ

ކޮންމެ މީހަކަށްވެސް ނިޢްމަތްތައް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހެއްގެ މޮޅުކަމުން އަމިއްލައަށް ލިބިގަނެވޭ ކަމެއް ނޫނެވެ. ލިބޭނީ އެކަމެއް ﷲ ތަޢާލާ ދެއްވެވި އަޅަކަށް އަދި ދެއްވެވި މިންވަރަކަށެވެ.  

އަހަރެމެންނަށް އޮތީ ކޮންމެ ޙާލެއްގައިވެސް އަހަރެމެންނަކީ އެއްވެސް މޮޅުކަމެއް، އަދި އެއްވެސް ބާރެއް ނެތް ބައަކު ކަމާއި ހުރިހާ މަތިވެރިކަމަކާއި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ޤަބޫލުކުރުމެވެ. ޙަޤީޤަތަކީ އެއީކަމަށްވާތީއެވެ.

ކިބުރުވެރިވެ ބޮޑާވުމަކީވެސް ކައްވަޅުގައި ޢަޛާބު ދެއްވަވާ ކަމެކެވެ. ވީމާ ތިމާއަށް ލިބިފައިވާ ތަނަވަސްކަމާއި ލައިގެންހުރި އަގުބޮޑުހެދުމާއި އަޅައިގެންހުރި އަގުބޮޑު ގަހަނާއާއިމެދު ބޮޑާނުވާށެވެ. އެފަދަ ނިޢްމަތްތައް ތިމާއަށް ލިބިފައިވުމުން ތިމާއަކީ އެހެންމީހުންނަށްވުރެ މޮޅު މީހެއްކަމަށް ހީނުކުރާށެވެ.  

ކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ނިކަން ދެކިބަލާށެވެ. ބޮޑާކަމާއި ކިބުރުވެރިކަންމަތީގައި ހިނގާފައި ދިއަ މީހަކު ބިމުގެ އަޑިއަށް ގަންބަވައިގެންނެވި ކަމާއި ޤިޔާމަތާއި ޖެހެންދެން އެމީހާ ހުންނާނީ އެޙާލުގައިކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އާދައިގެ މީހެއްވެސް ނޫނެވެ. އެމީހެއްގެ ތަނަވަސްކަން ބޮޑުވެ ގުދަންތަކުގެ ތަޅުދަނޑިތައް 40 ޖަމަލުގެ ބުރަތަށިމަޓީގައި އުފުލަމުން ދިއަ ޤާރޫނެވެ.  

މައްސަލައަކީ މިބުނި މަގުން ވިސްނައި ނުލެވޭކަމެވެ. ތިމާ ކުރަން އުޅުނު ކަމެއް ޙާޞިލުވުމުން އެއީ ތިމާގެ މޮޅުކަމުން ޙާޞިލްކުރެވުނު ކަމެއް ކަމަށް ޤަބޫލުކުރެވުމަކީވެސް މިބުނި ގޮޅިއަށް ފެތިދާނެ ނުބައިކަމެކެވެ. ނުބައި ވިސްނުމެކެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން