ކިތަންމެ ނުބައިކޮށް ކަންކަން ކުރާ މީހަކަށްވެސް ބަދުދުޢާކުރަން އަވަސްވެނުގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ކިތަންމެ ނުބައިކޮށް ކަންކަން ކުރާ މީހަކަށްވެސް ބަދުދުޢާކުރަން އަވަސްވެނުގަންނާށެވެ!

ޙަސަދަވެރިން ވަރަށް ގިނަވެއްޖެއެވެ. ދެމަފިރިންގެ މެދުގައާއި ޢާއިލާ އާއި އެކުވެރިންގެ މެދުގައި ފިތުނަ އުފައްދާ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ. އެކަމުގެ ސަބަބުން ޒަވާޖީ ޙަޔާތަށް ހިޓާމަވެރި ގޮތްތައް މެދުވެރިވެއެވެ. ރަޙިމުގެ ގުޅުމަށް ބުރޫއަރައެވެ. އެކުވެރިން ޙަސަދަވެރިންނަށް ބަދަލުވެއެވެ.  

މިފަދަ ޙާލަތު ކުރިމަތިވުމުން ބައެއް ޟީހުން ކުރާ ސުވާލަކީ މީހެއްގެ ފިތުނަވެރިކަން ބޮޑުވެ އޭނާގެ ފުށުން އެހެންމީހުނަށް ދިރިއުޅެން ދަތިވެއްޖެނަމަ އެމީހަކަށް ބަދުދުޢާކުރުން ހުއްދަވާނެތޯއެވެ؟  

ޖަވާބަކީ ފުރަތަމަ ކަމަކަށް އޭނާއަށް ނަޞޭޙަތްދީ އިސްލާހު ވޭތޯބަލަންވާނެއެވެ. އެއާއިއެކު އެންމެ ރަގަޅު ގޮތަކީ އޭނައަށް ހެޔޮދުޢާ ކޮށްދީގެން އިސްލާހުވޭތޯ ބެލުމެވެ. ބަދުދުޢާ އަކީ އެންމެ ފަހުގެ ކަންތަކެވެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.

 

މިއަދު އޮންލައިން