މައިންބަފައިންނާ މުޢާމަލާތުކުރަންވީ ގޮތް ބަޔާންކުރައްވަމުން އަލްއާޖުއްރީ رحمه الله ވިދާޅުވިއެވެ.
"މައިންބަފައިންނަށް ހެޔޮކޮށް ހިތުން އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރުން ހުއްޓެވެ. އަދި އެ ދެ މީހުންނަށް ތަވާޟުޢުވެރިވާށެވެ. އަދި ވާހަކަ ދައްކާއިރުގައި އޭނާގެ އަޑު ނުއުފުލާށެވެ. އަދި އޭނާގެ މުދަލުން އެ ދެ މީހުންނަށް ހޭދަކުރާށެވެ. އަދި އިޙްތިރާމުކުރުމާއި ރަޙުމަތުގެ ލޮލުން ބަލާށެވެ.
އަދި އެ ދެމީހުން (ޞިއްޙަތާއި ޢާފިޔަތުގައި) ގިނަ ދުވަހު ލަހައްޓަވާތޯ ދުޢާކުރާށެވެ. އަދި ޢުމުރުން ދުވަސްވުމުން އެ ދެ މީހުންނަށް ޝުކުރު އަދާ ކުރާ ހުށިކަމެވެ. އަދި އެ ދެ މީހުންނާ ހެދި އުނދަގޫވެގެން ނޫޅޭށެވެ. އަދި އެ ދެ މީހުން ކުޑައިމީސް ނުކުރާށެވެ.
ﷲއަށް ކިޔަމަން ގަތުމަށް ކުރާ ކަމެއްގައި އޭނާގެ އެހީއަށް އެ ދެ މީހުން އެދިއްޖެނަމަ އެކަމުގައި އެހީތެރިވާށެވެ. އަދި ފާފައެއް ކުރުމަށް އެދިއްޖެނަމަ އެކަމުގައި އެހީތެރި ނުވާށެވެ. އަދި އެ ދެ މީހުން ބުނާ ގޮތާ ޚިލާފަށް ޢަމަލުކުރާނަމަ އެކަމުގައި މަޑުމައިތިކަން އިސްކުރާށެވެ. އަދި އަދަބުވެރިކަމާއެކު އެކަމުން ދުރުހެލިވާށެވެ."
"أخلاق حملة القرآن للآجري (ص: 59)"
- ޝައިޚް އިމްރާން މުޙައްމަދު ޢަލީ