ނިކަން ވިސްނައިލަބަލާށެވެ! ބަންގިދޭއިރު އިމާމް މީހާ ބޭނުންވަރަކަށް ބަންގި ދިގުކުރެއެވެ. ނަމަވެސް ޤަމަތްދޭއިރު ބަލަނީ ވީހައި އަވަހަށް ދެވޭތޯއެވެ. އެކަމުގެ ޙިކުމަތަކީ ނަމާދަށް ފެށުމުގެ ވަގުތު ޖެހުމުން އެކަމަށް އަވަސްވެގަތުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން އަވަސްވެގަތުމެވެ. ވީއިރު ޙަޤީޤީ މަޤްޞަދު ޙާޞިލުކުރެވޭނީ ނަމާދުގައި ވީހާ ބޮޑަކަށް ޚުޝޫޢަތްތެރިވެ އެންމެ ފުރިހަމަ ގޮތުގައި ނަމާދުކުރެވިގެންނެވެ.
އަދިވެސް ނިކަން ވިސްނައިލަބަލާށެވެ! މިހައިވަރުން ސަމާލުކަން ދީގެން ނަމާދުފެށުމަށްފަހު އަހަރެމެންނަށްވަނީ ކިހިނަކުންހެއްޔެވެ؟ ގިނަ ބައަކަށް އޮންނަނީ ނަމާދު ދިގުވެފައެވެ. އަވަހަށް ނުނިމިގެން، ސަލާމްނުދީގެން ލަސްވެފައެވެ. އެހެންކަމެއް ކުރަން ފަށައިގަނެވުން ލަސްވެގެން ކެތްތެރިކަން ކޮޅުންލައިފައެވެ.
އެހެނަސް ޞަހާބީން ޢަމަލުކުރެއްވެވީ ވަރަށް ތަފާތުކޮށެވެ. ކޮންމެ ނަމާދެއް ނިމުމުން ނަމާދު ނިމުނުކަމަށްޓަކައި ހިތާމަކުރައްވަވައެވެ. ކިހައިވަރަކަށްކަން އެނގޭހެއްޔެވެ؟ ކީރިތިކުރައްވަވައި ކަރުނަ އަޅުއްވަވައެވެ.
ނަމާދުގައި ހިމެނިގެން ނުވާ އަޅުކަމެއް ނުވެއެވެ. ރޯދައަށްތިބެ ވެސް ނަމާދުކުރަމުއެވެ. ނަމާދުގައި ހުންނައިރު ކައިބޮއި ނުހަދަމުއެވެ. ކީރިތި ޤުރްއާން ކިޔެވުމާއި ޛިކުރުކުރުން ނަމާދުގައި ހިމެނެއެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ނަމާދުގައި ހިމެނެއެވެ.
މީސްތަކުންނަށް ﷲ ތަޢާލާ އެންމެ ބޮޑަށް އަމުރުފުޅުކުރައްވަވާފައިވާ އެއްކަމަކީ ކެތްތެރިވުމެވެ. ނަމާދުގައި ކެތްތެރިވުން އިންތިހާއަށްވެއެވެ. ނަތީޖާއަކީ ކެތްތެރިކަން އިމްތިހާނުކުރަން ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް ނެތެވެ. މާނައަކީ ތިމާގެ ކެތްތެރިކަން އެންމެ ބޮޑަށް އިމްތިޙާނުވެގެންދަނީ ނަމާދުންނެވެ. އެކަމުގައި މިންއަޅާނެ ގޮތަކީ އެކަނިކުރާ ނަމާދުތަކުގައި ވަގުތު ހޭދަކުރެވޭ މިންވަރުންނެވެ. ސުންނަތް ނަމާދުތައް ދިގުކުރެވޭ މިންވަރުންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކެތްތެރިވުމަށާއި ނަމާދު ޤާއިމުކުރުމަށެވެ. ކެތްތެރިވުމަށް އަމުރުފުޅު ކުރެއްވެވުމަށްފަހު ވިދިގެން ނަމާދުކުރަން ވަޙީކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެއީ ހަމަ ނަމާދަށްވުރެ ފުރިހަމައަށް ކެތްތެރިކަން އިމްތިޙާނުކުރެވޭނެ އެހެން އަޅުކަމެއް ނެތުމުން ކަމަށް ޤަބޫލުކުރެވެއެވެ!
މިއީ އަހަރެމެންވެސް ހަމަ މިއދުވެސް މިކަމުގައި އަމަލުކުރަންޖެހޭނެ ގޮތެވެ! ނަމާދަށް ދޭން ޖެހޭ ސަމާލުކަން ދެވުމަކީ އެއީއެވެ. ނަމާދުކުރަން ޝައުޤުވެރިވެވުމަކީވެސް އެއީއެވެ. ދުޢާއަކީ އަޅަމެން އެންމެންނަކީވެސް ނަމާދަށް ސަމާލުކަންދޭ އަދި ނަމާދަށް ޝައުޤުވެރިވާ ބައަކު ކަމުގައި ލެއްވެވުމެވެ. އާމީން
- ޝައިޚް ޢަބޫބަކުރު ޒައުދުގެ ދަރުސަކުން