ތިބާގެ ނަފުސުން ކުރެވެން އޮތް އެންމެ ފައިދާހުރި ވިޔަފާރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިބާގެ ނަފުސުން ކުރެވެން އޮތް އެންމެ ފައިދާހުރި ވިޔަފާރި!

ނަފްސް ވިއްކާ ވާހަކަ ދައްކާއިރަށް ގިނަބައެއްގެ ހިތަށް ވަންނާނީ އެއުޅެނީ ޝައިޠޯނާއަށް ނުވަތަ ތިމާގެ ހަވާނަފްސްގެ އުފަލަށް ތިމާގެ ނަފްސް ވިއްކުމުގެ ވާހަކަދައްކަން ކަމަށެވެ. އެހެން އެވަނީ އެގޮތަށް ގިނަބައަކަށް ކަންތައް ކުރެވޭތީއެވެ. 

ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަފުސުން ވަރަށް ފައިދާހުރި ވިޔަފާރިއެއް ކުރެވެން އެބައޮތެވެ. އެވިޔަފާރީގައި އޮތް އެންމެ ބޮޑު އުފަލަކީ އެވިޔަފާރިން އެއްވެސް ވަރެއްގެ ގެއްލުމެއް ތިމާއަށް ނުލިބޭނެކަމުގެ ޔަޤީންކަން ލިބުމުގެ އިތުރުން އެވިޔަފާރި ވާނީ ބިލިއަނުންވެސް އަގުނުކުރެވޭނެ ވަރުގެ ފައިދާ ލިބޭ ވިޔަފާރިއަކަށް ކަމެވެ. 

އެވިޔަފާރިއަކީ: 

"އަދި ﷲ ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ ނަފްސް ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ  އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ." ( އަލް ބަޤަރާ: 207) 

"ނަފްސު ވިއްކުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެކެވެ. އެކަމަކު ވިއްކާއިރު ވިސްނަންވީ ތިމަންނާ ނަފްސު ވިއްކަނީ ﷲ ގެ ރުއްސެވުން އެދިގެންތޯ، ނުވަތަ ދުނިޔެވީ ފައިދާއަކަށްޓަކައި ތޯއެވެ! ﷲ ގެ ރުއްސެވުން އެދިގެން އެކަލާނގެމަގުގައި ނަފްސު ވިއްކުމަކީ ހާދަހާވާ ރަނގަޅު ކަމެކެވެ.!"

 

- ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން