އެންމެންވެސް ބާއްޖަވެރި، އުފާވެރި ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. ނަމަވެސް މައްސަލައަކަށްވަނީ އެކަމަށް އެދިގެން މަސައްކަތްކުރެވޭ ގޮތެވެ. ހަމައެކަނި ދުނިޔަވީ ސަބަބުތަކުގައި ހިފަހައްޓައިގެން ކުރިއަށްދާން މަސައްކަތްކުރެވޭ ކަމެވެ.
އެކަމަށް އޮތް އެންމެ ކާމިޔާބު މަގު- ﷲ ތަޢާލާ ގަރްންޓީ ދެއްވަވާ މަގު:
ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ އައްނަހްނު ސޫރަތުގެ 97 ވަނަ އާޔަތުގަ އަންގަވާފައިވަނީ އެ ހިތްހަމަޖެހުމާއި އެ އުފާވެރި ރަނގަޅު ދިރިއުޅުން އެކަލާންގެ ދެއްވާނެކަން ހެޔޮ ޢަމަލުކޮށް ދުނިޔޭގައި ދިރިއުޅުން ވޭތުކުރާ މީހުންނަށް.
ކީރިތި ޤުރުއާނުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ --- "ހެޔޮއަމަލުކޮށް އުޅޭ މީހާ --- ހެޔޮޢަމަލު ކުރާމީހާ --- އެއީ ފިރިހެނެއް ކަމުގައިވިޔަސް އަދި އަންހެނެއް ކަމުގައިވިޔަސް ---- ޢީމާންވެހުރެ، ހެޔޮ ޢަމަލުކުރާ މީހާ ފިރިހެނެއްކަމުގައި ވިޔަސް އަންހެނެއްކަމުގައި ވިޔަސް ---- ތިމަންރަސްކަލާންގެ އޭނާއަށް ރަނގަޅު ދިރިއުޅުމެއް ދައްކަވާ ހުށީމެވެ." ރަނގަޅު ފަސޭހަ ދިރިއުޅުމެއް ދައްކަވާ ހުށީމެވެ.
އެހެންމަ ދިރިއުޅުން ފަސޭހަކުރުމަށްޓަކާވެސް، ފާގަތި ދިރިއުޅުމެއް އަޅުގަނޑުމެން އުޅެން ބޭނުންވިކަމުގައި ވިޔަސް އަޅުގަނޑުމެން ކުރިމަތީގައި އޮތް މަގަކީ ޢީމާންވެ ހެޔޮ ޢަމަލް ކުރުން. ހެޔޮ ޢަމަލުގެ ތެރޭގަ އެންމެ މަތިވެރި އަޅުކަމަކީ ނަމާދު.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން