ނަރަކައިގެ އެންމެ އަޑީގައި، އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނީ މުނާފިޤުންކަން އެނގޭއިރު މުނާފިޤުންގެ ސިފަތަކުން ސަލާމަތްހުރެވެނީ ހާދަމަދު މީހަކަށެވެ! ބިރުވެތިކަން ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނަރަކައިގެ އެންމެ އަޑީގައި، އެންމެ ގަދަފަދަ ޢަޛާބުގައި ތިބޭނީ މުނާފިޤުންކަން އެނގޭއިރު މުނާފިޤުންގެ ސިފަތަކުން ސަލާމަތްހުރެވެނީ ހާދަމަދު މީހަކަށެވެ! ބިރުވެތިކަން ކޮބާ؟

މީހަކުދެކެ ރުޅިއަންނައިރަށް ނުވަތަ މީހެއްގެ ކިބައިގައި މުނާފިޤުންގެ ސިފައެއް ފެންނައިރަށް އެމީހަކާއި ދިމާއަށް ތިބާއީ މުނާފިޤެއްކަމަށް ވަރަށް ފަސޭހައިން ބުނެވެއެވެ. ހިތާމައަކީ އެމީހެއްގެ ކިބައިގައި ހުންނަ އެފަދަ ސިފަތައް ތިމާއަށް ފާހަގަނުކުރެވޭ ކަމެވެ. އޭނާއަކީ މުނާފިޤަކަށް ވެއްޖެނަމަ ނަރަކައަށް ވައްދަވާނީ އެމީހެކެވެ. ތިމާއަކީ މުނާފިޤެއްކަމަށް ވެއްޖެނަމަ ތިމާވެސް ނަރަކައަށް ވައްދަވާނެތެވެ. ވީމާ ފުރަތަމަކަމަކަށް އޮތީ ތިމާ ނަރަކައިން ސަލާމަތްވެ ހުރުމެވެ.

ދުނިޔޭގެ ކަންކަމަށް ޣާފިލުކަން ބޮޑުވެފައި ތިބިވަރުން ނަރަކައަށް ވަންނަންޖެހިދާނެކަމާއި ނަރަކައިގެ އެންމެ އަޑީގައި އޮންނަން ޖެހިދާނެކަމަށް ބުނި ނަމަވެސް ބިރުގަންނަނީ ހާދަ މަދު މީހެކެވެ. މިއީ އެންމެ ހިތާމަހުރި އެއްކަންތަކެވެ.

ތިމާއަކީ މުސްލިމެއްކަމަށް ބުނި ނަމަވެސް އަދި ނަމާދުކޮށް ރޯދަހިިނަމަވެސް އެމީހެއްގެ ކިބައިގައި އެ 3 ސިފައެއް ހުރިނަމަ އެއީ މުނާފިޤްކަމުގެ ޢަލާމާތް ކަމަށް ޙަދީޘްފުޅު ކުރައްވަވައިފައިވާ 3 ސިފަ މިއަދު ނެތީ ކާކުގެ ކިބައިގައިހެއްޔެވެ؟

މި ސުވާލުކުރަން މިޖެހެނީ އެ ސިފަތައް ނެތް މީހުން މިއަދުކަމުންނެވެ. އަދި އެސިފަތައް ހުންނަ މީހުންގެ ޢަދަދު ގިނަވަމުން އަންނާތީއެވެ.

ޙަދީޘްފުޅުގައި އެ 3 ސިފަ ވަނީ ބަޔާންކުރައްވަވައިފައެވެ. އެއީ ވާހަކަ ދައްކާނަމަ ދޮގު ހެދުމާއި ވަޢުދެއްވެ ވެއްޖެ ނަމަ ނުފުއްދުމާއި އަދި އަމާނާތެއް ޙަވާލުކުރެވިއްޖެ ނަމަ ޚިޔާނާތްތެރިވުމެވެ.

މީގެތެރޭގައި އެމީހަކާއި ޙަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާނުކުރުންވެސް ހިމެނެއެވެ. އެއިގެތެރޭގައި މަތީ މަޤާމުތައް ޙަވާލުކުރުމުން އިހްމާލްވުމާއި އަމިއްލަ ފައިދާއަށް ކަންކަންކުރުންވެސް ހިމެނެއެވެ.

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “Among the signs of a hypocrite are three, even if he fasts and prays and claims to be a Muslim: when he speaks he lies, when he gives a promise he breaks it, and when he is trusted he betrays.”

ވީއިރު ނިކަން ބުނެބަލާށެވެ! މި ސިފަތައް ނެތީ ކާކުގެ ކިބައިގައިހެއްޔެވެ؟ ނެތް މީހުން ހާދަމަދެވެ! ވީމާ ހޭލުންތެރިވާށެވެ! ތިމާކުރާ ކޮންމެ އަމަލެއް ފަތުގައި ލިޔުއްވަވާކަމާއި ޤިޔާމަތްދުވަހު މުނާފިޤުންނަށް ހުރީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބުކަން ހިތުގައި ބާއްވައިގެން ކަންކަންކުރާށެވެ!

--އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން