ސުންނަތް ރޯދަހިފާ ބައެއް މީހުންވެސް އެމީހުންނަށް، ކިތަންމެ ކުޑަ ކަމެއް މެދުވެރިވިނަމަވެސް އެދުވަހު ރޯދަ ނުހިފައި ދޫކޮށްލައެވެ. އެއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެކަމުން އެނގެނީ ރޯދަ ހިފުމަށް އެމީހެއްގެ ހިތުގައި ލޯބި ނެތްކަމެވެ. ލޯބި އޮތްނަމަ ރޯދަ ނުހިފައި ދޫކޮށްލާނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ކޮންމެހެން ރޯދަދޫކޮށްލަން ޖެހޭފަދަ ކަމެއް ތިމާއަށް ކުރިމަތިވުމުންނެވެ. ރޯދަހިފުމާއިމެދު ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވެއެވެ.
Abu Umamah reported: I said, “O Messenger of Allah, tell me a deed to do.” The Messenger of Allah, peace and blessings be upon him, said, “You must fast, for there is nothing equal to it.” Source: Sunan al-Nasā’ī 2223
"ރޯދަހިފާށެވެ! ރޯދަހިފުމާއި އެއްފަދަ އެހެން ޢަމަލެއް (އަޅުކަމެއް) ނުވެއެވެ!"
ރަމަޟާންމަހުގެ ރޯދަ ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެކަމަކީ މުސްލިމުން އެންމެ ކުރާހިތުން އެންމެ ޝައުޤުވެރިކަމާއިއެކު ކުރާ އެއް އަޅުކަމެވެ. އެންމެ ބޮޑަށް ތައްޔާރުވެގެން ކުރާ އަޅުކަންވެސް މެއެވެ. އެއީ ރޯދައިގެ ސަބަބުން ދެއްވަވާ ޘަވާބުގެ ގިނަގުނަކަމުންނެވެ. "އައްރައްޔާންއެވެ. ކިޔުނު ދޮރުކޮޅުން ސުވަރުގެ ވަންނަން ބޭނުންވާވަރު ބޮޑުކަމުންނެވެ.
ރޯދަވެރިޔާއަށް ދެއްވަވާނެ ޘަވާބު ﷲ ތައާލާ ބަޔާން ކުރައްވަވާފައިނުވުމާއި އެއީ ޤިޔާމަތް ދުވަހު ﷲ ތަޢަލާ ނިންމަވާނެ ނިްމެވުމެއްކަމަށް އޮތުމުން މިކަން އިތުރަށް ސާބިތުވެގެންދެއެވެ.
ވީމާ ހަމައެކަނި ރަމަޟާން މަހުގެ ރޯދަ ހިފުމުން ނިންމައިނުލާށެވެ! ސުންނަތް ރޯދަތައް ހިފާށެވެ! އެންމެ މަދުވެގެން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާށެވެ! އިތުރު ހިތްވަރެއްލާފައި މަހުގެ 13،14 އަދި 15 ވަނަ ދުވަހުވެސް ރޯދަހިފާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން