ދިރާގު ހައިސްޕީޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް ބ. ތުޅާދޫއަށް ތައާރަފްކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
ދިރާގު ހައިސްޕީޑް އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް ބ. ތުޅާދޫއަށް ތައާރަފްކޮށްފި

ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތާއި ދިރާގުޓީވީގެ ޙިދުމަތްބ. ތުޅާދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.

ބ. ތުޅާދޫގެ އިތުރުން އެއަތޮޅު އޭދަފުށްޓާއި ދަރަވަންދޫގައި ވެސް ދިރާގުން ވަނީ މިޚިދުމަތްތައް ގާއިމްކޮށްދީފައެވެ.

މުޅިރާއްޖެއަށް ފައިބަރގެ ޚިދުމަތް ފުޅާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން ފައިބަރ ޓުދަހޯމްގެ ޚިދުމަތް މާލެ،ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 41 އެހެންރަށަކަށް ވަނީފޯރުކޮށްދީފައެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވިސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެބޮޑު އެލަވަންސް ކަމުގައިވާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ.

މިހާރުބ. ތުޅާދޫގެ ގޭބިސީ ތަކާއި އަދި ވިޔަފާރިތަކަށް މިޚިދުމަތް ފުރިހަމައަށް ލިބެމުންދާނެއެވެ.

ދިރާގުން ވަނީ މިހިނގާ ނޮވެމްބަރ މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

މިއަދު އޮންލައިން