ހަނދުމަކޮށްދިނުމެއް!: ކުދިދަރިން ގޮވައިގެން އެކަނި އުޅޭ މައަކު ނަމާދަށް ހުއްޓައި ދަރިފުޅަށް ބޮޑުކަމެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހަނދުމަކޮށްދިނުމެއް!: ކުދިދަރިން ގޮވައިގެން އެކަނި އުޅޭ މައަކު ނަމާދަށް ހުއްޓައި ދަރިފުޅަށް ބޮޑުކަމެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-

ކުދިދަރިން ގޮވައިގެން އެކަނި ދިރިއުޅޭ އެކަނިވެރި މައިން ވަރަށް ގިނައެވެ. އަދި އެކަނިވެރި މައަކަށް ނުވިނަމަވެސް ދަރިން ގޮވައިގެން ނަމާދުކުރަންޖެހޭ މައިންވެސް ވަރަށް ގިނައެވެ. އެހެންކަމުން ފާހަގަކޮށްމިލަނީ މައިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައަކާއި އެފަދަ ޙާލަތުގައި ޢަމަލުކުރަން އޮތްގޮތެވެ.   

އެކަނި ދިރިއުޅޭނަމަ، ނުވަތަ ނަމާދުކުރާ ވަޤުތު ދަރިފުޅު ބަލައިދޭނެ މީހަކު ނެތި ނަމާދަށް ހުއްޓައި ދަރިފުޅު ވެއްޓި އަނިޔާވުން ފަދަ ކަންކަން މެދުވެރިވެއެވެ. އެޙާލަތުގައި ކުއްޖާ ރޯން ފަށައެވެ. ސުވާލަކީ އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އޮތީ ކޮންގޮތެއްތޯއެވެ؟  

މިޘާލަކަށް ނަމާދާއިއެކު ކުރިއަށްގޮސް ނަމާދުފުރިހަމަކުރާނީތޯއެވެ؟ ނޫންނަމަ ނަމާދު ދޫކޮށްލައި ދަރިފުޅަށް ސަމާލުކަންދޭނީތޯއެވެ؟  

ޖަވާބަކީ ނަމާދުދޫކޮށްލައި ދަރިފުޅަށް އަޅައިލާނީއެވެ. ފަހުން އެނަމާދުކުރާނީއެވެ.  

ހަނދާންނެތިގެން ނަމާދުގެ ފަހު ރަކްޢަތްތަކުން ރަކްޢަތެއްގައި ފާތިޙާ ސޫރަތުގެ އިތުރުން ސޫރަތެއް ކިޔެވިއްޖެނަމަ: 

ހަނދާންނެތިގެން ނަމާދުގެ ފަހު ރަކްޢަތްތަކުން ރަކްޢަތެއްގައި ފާތިޙާ ސޫރަތުގެ އިތުރުން ސޫރަތެއް ކިޔެވުމަކުން ނަމާދަކަށް އުނިކަމެއް –އިންޝާ ﷲ- ނާންނާނެއެވެ. ކުށުސަޖިދަ ޖަހާކަށްވެސް ނުޖެހޭނެއެވެ.  

ނަމާދުކުރާއިރު ބައެއްފަހަރު ހަނދާންނެތިގެން އެއްސޫރަތެއް ދެރަކުޢަތުގައިކިއިއްޖެނަމަ ނަމާދު ސައްހަވާނެތޯ؟އަދި މިގޮތަށް ވެއްޖެނަމަ ދެން ކަންތައްކުރަންވީ ގޮތަކި ކޮބައިތޯ؟ 

ނަމާދުގައި އެއް ސޫރަތެއް ތަކުރާރު ވުމަކުން ނަމާދު ބާޠިލެއް ނުވާނެއެވެ. އަދި އެގޮތަށް ދިމާވެއްޖެނަމަ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެއެވެ. واللهأعلم. 

ނަމާދުކުރަމުންގޮސް އެންމެފަހުރަކުއަތާ ޖެހުނުފަހުން ނަމާދުގެ އެއްރަކުއަތް ނުކުރެވޭކަން ހަނދާންވެއްޖެނަމަ ދެންހަދާނީކިހިނެއްތޯ؟ 

ސުވާލުގައިވާ ފަދަ ކަމެއްދިމާވެއްޖެ ޙާލަތެއްގައި މަދުވި ރަކްޢަތް ހަމަކުރާނީއެވެ.واللهأعلم. 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން