ނަމާދުގަ ކުރެވޭ ކަންކަމާ ކިޔާތަކެތި ކިޔުނުކަން ހަނދާން ނެތޭނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަމާދުގަ ކުރެވޭ ކަންކަމާ ކިޔާތަކެތި ކިޔުނުކަން ހަނދާން ނެތޭނަމަ ޢަމަލުކުރާނެ ގޮތް-

ސުވާލު: އަޅުގަނޑު ނަމާދުކުރަމުންދާއިރު ކުރާ ކަންކަން ކުރެވުނު ކަމާއިމެދު އެބަ ޝައްކު އުފެދެއެވެ. ބައެއް ފަހަރު ކުރީ ރަކްޢަތުގައި އަލްޙަމްދު ކިޔުނު ކަމާއިމެދުގައިވެސް އެބަ ޝައކު އުފެދެއެވެ.

ވީމާ އަޅުގަނޑު ކަންތައް ކުރަންވީ ކިހިނަކުންތޯއެވެ؟ އެނބުރި ކުރީ ރަކްޢަތަށްދާނީތޯއެވެ.؟ އިތުރު ރަކްޢަތެއް ކުރާނީތޯއެވެ؟ މިއީ ތައުބާވާންޖެހޭނެ ވަރުގެ ފާފައެއްތޯއެވެ؟

ޖަވާބު:

މީހުން ނަމާދުކުރަން މާޔޫސްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް އިބިލީސްކުރާނެއެވެ. ނަމާދުމަތިން ފޫހިކުރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރާނެއެވެ.

ފުރަތަމަ ކަމަކީ ތިބާއަކީ ޢާންމުކޮށް އެގޮތަށް ހަނދާން ނެތޭ މީހަކު ނަމަ އިތުރު ރަކްޢަތެއްކޮށް ނަމާދު ފުރިހަމަކުރުމަށްފަހު ކުށުސަޖިދަ ޖަހާނީއެވެ. ނަމަވެސް ތިބާއަކީ ނަމާދުގައި ޢާންމުކޮށް ނުވަތަ ގިނަގިނައިން އެކަން ދިމާވާމީހަކުނަމަ އަޅައިވެސް ނުލައި ނަމާދުކުރިއަށް ގެންގޮސް ފުރިހަމަކުރާނީއެވެ.

ހަމަކަށަވަރުން އެކަން އެއަންނަނީ ޝައިޠޯނާގެ ކިބައިންނެވެ. ވީމާ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށްއެދި ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ނަމާދަށް ހުރެގެންވެސް އަޢޫޛްކިޔައި ވައަތް ފަރާތަށް 3 ފަހަރު ހިކިކުޅުޖެހުމަކީވެސް ޝައިޠޯނާ ދުރަށްދާ ކަމެކެވެ. ނަމަވެސް ސަމާލުވާށެވެ! ފައްސައިލުމުން ދުރަށްޖެހިލާފައިވެސް އެނބުރި އަންނާނެއެވެ.

ޖަވާބު: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

މިއަދު އޮންލައިން