ކުރާ ނަމާދުގެ ޘަވާބުން އުނިވާން ބޭނުންނޫންނަމަ ފޭރާންލުމުގަ ސަމާލުކަންދޭންޖެހޭނެ ކަމެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 30ސ
ކުރާ ނަމާދުގެ ޘަވާބުން އުނިވާން ބޭނުންނޫންނަމަ ފޭރާންލުމުގަ ސަމާލުކަންދޭންޖެހޭނެ ކަމެއް-!

ނަމާދުކުރާއިރު ކުރަންވާނީ އެކަމުން ލިބެން އޮތް ވީހައި ގިނަ ޘަވާބު ލިބިގަތުމުގެ ބޭނުމުގައެވެ. އެއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ގޮތެވެ. ވީމާ ނަމާދުކުރަން ލެވޭ ފޭރާމާއިމެދުގައިވެސް ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަހަރެމެންގެ ތެރެއިން ބައެއް މީހުން ނަމާދަށް ދާން ވަރަށް ކުލަގަދަ ފޭރާމާއި ޑިޒައިން އެޅި ފޮތްޗާއި މާޖެހިފޮތްޗާއި އަދި ފާޑުފާޑުގެ ބުރުގާ އާއި ސްކާފް ފަދަ ތަކެތިވެސް އެބަ ބޭނުން ކުރެއެވެ. ފިރިހެނުން އެފަދަ ފޭރާމުގެ ގަމީހާއި ޓީޝާޓްފަދަ ތަކެތި އެބަ ލަމުއެވެ.

މިފަދަ ފޭރާން ލައިގެން ނަމާދަށްދިއުމުން ވާނެގޮތް މިއޮތީ ޙަދީޘްފުޅުން ފެންނާށެވެ! ނަމާދު މަކްރޫހަވަނީއެވެ. މާނައަކީ ޘަވާބުން ބައެއް އުނިވެގެން ދިއުމެވ. ވީމާ ނަމާދުގެ ޖަމާޢަތަށްދާ އަންހެނުންވެސް އަދި ފިރިހެނުންވެސް މިޙަދީޘްފުޅަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

بَابُ كَرَاهَةِ الصَّلاةِ فِي ثَوْبِ لَهُ أَعْلامٌ

ކުރެހުންއެޅި، މާޖެހި ހެދުމުގައި ނަމާދު ކުރުން މަކްރޫހަ ވެގެންވާ ކަން ބަޔާން ވެގެންވާ  ބާބު

ޙަދީޘް ނަންބަރު (863):

عَنْ عَائِشَةَ أنَّ النَّبِيُّ صَلَى اللهُ عَلَيْهِ وَسَلَّمَ فِيْ خَمِيْصَةٍ لَهَا أعْلاَمٌ وَقَالَ شَغْلَتْنِي أعْلامٌ هَذِهِ فَاذْهَبُوا بِهَا إلَى أَبِي جَهْمٍ  وَأْتُونِي بِأنْبِجَا نِيِّهِ (98)  

ތަރުޖަމާ (863): 

މާތް ﷲ ރުއްސުންލެއްވި، އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝަތުގެ ފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެއްފަހަރަކު رَسُولُ اللهِ صَلَّ الله عَلَيْهِ وَسَلَّمَ ކުރެހުން އަޅާފައިއޮތް ބޯސާލުކޮޅެއް ތުރުކުރައްވައިގެން ނަމާދު ކުރެއްވި އެވެ. ދެން ނަމާދުން ނިމިވަޑައިގެން ޙަދީޘް ކުރެއްވި އެވެ. މިސާލުކޮޅު ތިމަން ކަލޭގެފާނުންގެ ހިތްޕުޅު މަޝްޣޫލު ކުރުވައިފި އެވެ. ނިކަން އަބޫޖަހުލުގެ ގާތަށް މިސާލުކޮޅު ގެންގޮސް މީގެ ބަދަލުގައި ސާދާ (ކުރެހުންނާޅާ) ސާލުކޮޅެއް ގެނެސްދީބަލާށެވެ!

މިޙަދީޘުން ނެރެވޭ ފިޤުހީ މައްސަލަތައް:

(އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ.)

(ހ) ކުރެހުން އަޅާއި، ނުވަތަ މާޖަހާފައި ހުންނަ ހެދުމުގައި ނަމާދުކުރުމީ މަކްރޫހަ ވެގެންވާ ކަމެކެވެ. އެހެނަސްއެއަކުން ނަމާދު ބާޠިލެއް ނުވާނެއެވެ.

(ށ) ކުރެހުން އަޅާފައި ހުންނަ ހެދުމުގައި ނަމާދު ކުރުން މަކްރޫހަވެގެންވާ ސަބަބަކީ، އެތަކެތި ފެނި، ތިމާގެ ހިތަށް އެކަމާމެދު އެކިއެކި ފިކުރު އައިސް، އެއާހުރެ ނަމާދުގައި އޮންނަންޖެހޭ ޚުޝޫޢަތްތެރި ކަމާއި، މަޑުމޮޅިކަން ގެއްލިގެން ދާނޭ ސަބަބަކަށް އެކަން ވެދާނެތީއެވެ.

(ނ) މިޙަދީޘުން ސާބިތުވާ އަނެއްކަމަކީ ނަމާދާ ގުޅުމެއްނެތް ކަންތައްތަކެއް ތިމާގެ ހިތަށް ވަދެ، ތިމާގެ ހިތާއި ސިކުނޑި އެކަމާހުރެ މަޝްޣޫލުވި ކަމުގައި ވިއަސް ނަމާދު ޞައްޙަ ވާނެކަމެވެ. މިއީ އެންމެހައި ފިޤުހުވެރިން އެއާއި މެދު އިޖްމާޢު ވެފައިވާ މައްސަލައެކެވެ.

(ރ) ކުރެހުން އެޅި ހެދުން ލައިގެން ނަމާދު ކުރުން މަކްރޫހަވެގެންވާ ފަދައިން، މިސްކިތުގެ ފާރުގައްޔާއި ފަންގިފިލާގައި، ޒަމާނާއި އެކަށީގެންނުވާ މިންވަރަށް، މާބޮޑަށް ކުރެހުން އަޅައި ޒީނަތްތެރި ކުރުމީވެސް ނަމާދަށް ހުންނަ މީހާއަށް އެކަންކަން ފެނި، ނަމާދުގެ ޚުޝޫޢުވެރިކަން ކުޑަކޮށްފާނެ ކަމަކަށްވާތީ އެކަންކަން ވެސް މަކްރޫހަ ވެގެންވާނެ އެވެ. (މިމައްސަލައިގެ އިތުރު ތަފްޞީލު، މިފޮތުގެ، މިސްކިތް އެޅުމުގެ މާތްކަމުގެ ބާބުގައި، 828 އާއި 829 މިދެ ޙަދީޘުގެ ޝަރަޙާގައި ބަޔާންވެ ހިނގައްޖެއެވެ.)

(ބ) އަހަރެމެންގެ އިމާމުން ވިދާޅުވެފައި ވެއެވެ. ނަމާދަށްހުންނަ މީހާއަށް ސުންނަތް ވެގެންވަނީ ތިމާ ސަޖިދަކުރާ ތަނަށް ބަލަހައްޓައިގެން ހުރުމެވެ. އެނޫން ތަންތަނަށް ނަޒަރު ހިންގައިގެން ނުވާނެއެވެ.

(ޅ) އަދިވެސް ޝާފިޢީ މަޛްހަބުގެ ބައެއް އިމާމުން ވިދާޅުވެފައި ވެއެވެ. ނަމާދަށް ހުންނަ މީހާ ލޯ މަރައިގެން ހުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. ދެން އިމާމު ނަވަނީ ވިދާޅުވެފައި ވަނީ، ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ގެއްލުމެއް ވެދާނެ ކަމުގެ ބިރު ހީނުވާހައި ހިނދަކު، އެއީ މަކްރޫހަ ކަމެއް ނޫން ކަމަށެވެ.

ޙަދީޘް ނަންބަރު (864):

عَنْ عَائِشَةَ قَالَتْ قَامَ رَسُوْلُ اللهِ   صَلَي اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِيْ خَمِيْصَّةٍ ذَاتِ أَعْلاَمٍ فَنَظَرَ إلَي عَلَيْهَا فَلَمَّا قَضي صَلاَتَهُ قَالَ اذْهَبُوا بِهذِهِ الْخَمِيْصَّةِ إلَى أَبِى جَهْمِ بْنِ حُذَيْفَةَ وَأْتُوْنِي بِأَنْبِجَا نِيِّهِ فَإِنَّهَا ألْهَتْنِي ْآنِفًافِي صَلاتِي (100)

(މިޙަދީޘު ރިވާކުރެއްވީ އިމާމު މާލިކާއި، ޝާފިއީ އާއި، އަޙްމަދާއި، ދާރިމީ އެވެ. އަދި ހަ އިމާމުންގެ ތެރެއިން އިމާމު ތިރުމިޛީ ފިޔަވާ އަނެއް ފަސް އިމާމުންނެވެ.)

ތަރުޖަމާ (864):

މާތް ﷲ ރުއްސުންލެއްވި، އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. އެއްފަހަރަކު رَسُولُ اللهِ صَلَّ الله عَلَيْهِ وَسَلَّمَ  ކުރެހުން އަޅާފައި އޮތް ބޯ ސާލުކޮޅެއް ތުރުކުރައްވައިގެން ނަމާދު ކުރެއްވިއެވެ. ނަމާދުގެ ތެރޭ އެސާލުކޮޅުގައި ހުރި ކުރެހުންތަކަށް ބައްލަވާލެއްވިއެވެ. ދެން ނަމާދުން ނިމިވަޑައިގެން ޙަދީޘު ކުރެއްވިއެވެ. މިކުރެހުންއެޅި ސާލުކޮޅު ހިފައިގެން، ނިކަން އަބޫޖަހްލުގެ ގާތަށް ގޮސް، މީގެ ބަދަލުގައި ސާދާ (ކުރެހުން ނާޅާ) ސާލުކޮޅެއް ތިމަން ކަލޭގެފާނަށް ގެންނާށެވެ! މިސާލުކޮޅާހެދި ދެންމެ ނަމާދުގައި، ތިމަން ކަލޭގެފާނުންގެ ހިތްޕުޅު މަޝްޣޫލުވީ އެވެ.           

ޙަދީޘް ނަންބަރު (865):

ތަރުޖަމާ (865) :

މާތް ﷲ ރުއްސުންލެއްވި، އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝަތުގެ ފާނުނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. رَسُولُ اللهِ صَلَّ الله عَلَيْهِ وَسَلَّمَ ގެ އަތްޕުޅުގައި ކުރެހުންއެޅި، ބޯ ސާލުކޮޅެއް އޮވެއެވެ. މީގައި ހުންނަ ކުރެހުންތަކާހުރެ، ނަމާދުގައި އިތުރު އެކަލޭގެފާނަށް ނަމާދުގެތެރޭ މިކުރެހުންތައް ފެނިވަޑައިގެން، އެކަލޭގެފާނުންގެ ހިތްޕުޅަށްއެތަކެތި އަރާތީއުނދަގޫފުޅު ވެއެވެ. ދެން އެސާލުކޮޅު އަބޫޖަހުލަށް ދެއްވާފައި، އެކަލޭގެފާނުންގެ އަތްޕުޅުން، ސާދާ ސާލުކޮޅެއް އަތުލެއްވި އެވެ.

- ޞަޙީޙް މުސްލިމް- (ތަރުޖަމާ: އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު)

عَنْ عَائِشَةَ أنَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَتْ لَهُ خَمِيْصَةٌ لَهَا عَلَمٌ فَكَانَ يَتَشَاغَلٌ بِهَا فِي الصَّلاَةِ فَأَعْطَاهَا أَبَاجَهْمٍ وَأَخَذَ كِسَاءٌ لَهُ أَنْبِجَانِيًّا 

ތަރުޖަމާ (865) :

މާތް ﷲ ރުއްސުންލެއްވި، އުއްމުލް މުއުމިނީނަ ސިއްތުނާ ޢާއިޝަތުގެ ފާނުނުންގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. رَسُولُ اللهِ صَلَّ الله عَلَيْهِ وَسَلَّمَ ގެ އަތްޕުޅުގައި ކުރެހުންއެޅި، ބޯ ސާލުކޮޅެއް އޮވެއެވެ. މީގައި ހުންނަ ކުރެހުންތަކާހުރެ، ނަމާދުގައި އިތުރު އެކަލޭގެފާނަށް ނަމާދުގެތެރޭ މިކުރެހުންތައް ފެނިވަޑައިގެން، އެކަލޭގެފާނުންގެ ހިތްޕުޅަށްއެތަކެތި އަރާތީއުނދަގޫފުޅު ވެއެވެ. ދެން އެސާލުކޮޅު އަބޫޖަހުލަށް ދެއްވާފައި، އެކަލޭގެފާނުންގެ އަތްޕުޅުން، ސާދާ ސާލުކޮޅެއް އަތުލެއްވި އެވެ.

 

- ޞަޙީޙް މުސްލިމް- (ތަރުޖަމާ: އަލްއުސްތާޛް ޙުސައިން ރަޝީދު އަޙްމަދު)

މިއަދު އޮންލައިން