އަންހެނުން މިކަންކަން ކުރަން ސަމާލުކަންދޭނަމަ ހަށިގަޑަށް ޝައިޠޯނާ ވަނުން ހުއްޓުވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އަންހެނުން މިކަންކަން ކުރަން ސަމާލުކަންދޭނަމަ ހަށިގަޑަށް ޝައިޠޯނާ ވަނުން ހުއްޓުވޭނެ! އިން ޝާ ﷲ

ޖިންނި ޝައިޠޯނުންގެ އުނދަގޫ އަބަދުވެސް ފޯރާނެއެވެ. އެއެއްޗެތި ތިބޭނީ އަބަދުވެސް ފުރުޞަތަކަށް ބަލަބައެވެ. އެއެއްޗެތީގެ ކިބައިން ސަލާމަތްވެ ތިބެން ކުރަންވީ ކަންކަން އަހަރެމެންގެ ދީނުން އެނގެން އެބައޮތެވެ. އެކަންކަން ނުކޮށް އުޅުމަކީ އެއެއޗެއްސަށް އަމިއްލައަށް ދަޢުވަތު ދިނުމެވެ.

ވީމާ އެއްޗެތީގެ ކިބައިން ސަލާމަތްވެ ތިބުމަށް މިކަންކަމަށް ވިސްނާށެވެ!

ގިނަ އަންހެނުންނާއި ޖިންނި އަވަލައި އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ޖިންނި ވަދެގެންދަނީ އެކަނބަލުންގެ ފަރުވާ ކުޑަކަމުންނެވެ. ޖިންނި އެއަންހެނުންދެކެ ލޯބިވެ އަވަލާ އަދި އެކަނބަލުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގަންނަ އެންމެ ބޮޑު ސަބަބަކީ އެކަނބަލުންގެ ރީތިކަން ފެނުމެވެ. ރީތިކަންފެނުންކަމަށް މިބުނަނީ ފޭރާން ބާލައިގެން ހުންނައިރު ނުވަތަ އަޢުރަ ނިވާނުވާ ކުރު އެތިކޮޅު ލައިގެން ތިއްބައި ފެންނަވާހަކައެވެ.

ފޭރާންލާއިރު އަދި ޚާއްޞަކޮށް ފޭރާންބާލާއިރު ކުރަންހުރި ދުޢާތައް ކުރާށެވެ! ޛިކުރުތައްކިޔާށެވެ. އަދި އަމިއްލަ ގޭތެރޭގައިނަމަވެސް އެހައިބޮޑަށް ނިވާކަން ކުޑަކޮށްލައިގެން ނުއުޅޭށެވެ! ފަތިހު ހޭލެވުމުން ކޮފީއެއް ގިރައިލަން ނުކުންނައިރު މިކަންކަމަށް ބަލާށެވެ.

1-ހޭލެވުމުން ކިޔާ ޛިކުރުކިޔުން

2 ފުރިހަމައަށް ނިވާނުވާ ހެދުމެއް ލައިގެން ހުރިނަމަ ހެދުންމަތިން ކޮންމެވެސް އެއްޗެއްލައި ނިވާވެލުން

3 ކޮޓަރިން ބޭރަށް ނުކުންނަމުންވެސް އަޢޫޛްބިﷲ ކިޔުން

ޖިންނިތަކަށް ތިބާ އެންމެ ބޮޑަށް ފެނިގެންދާ ވަގުތަކީ ހެދުން ބަދަލުކުރާ ވަގުތުގައެވެ. ކިތަންމެ ބޮޑަށް އަވަދިނެތި ހެދުން ބަދަލުކުރަން އެއިރު ލައިގެންހުރި ހެދުން ބޭލި ނަމަވެސް އަޢޫޛްބިﷲ ކިޔުމަށްފަހު ނޫނީ ހެދުން ނުބާލާށެވެ!

އަހަރެމެންނާއިއެކު ޖިންނި ޝައިޠާނުން އަބަދުވެސްވާނެއެވެ. ގޭގެއަށްވެސް އަހަރެމެންނާއިއެކުގައި ވަންނާނެއެވެ. އެކަމަށް ހުރަސްއަޅައި ހުއްޓުވަންވެސް އެންމެފަސޭހައިން ކުރެވެން އޮތް ކަމަކީ ގެއަށް ވަންނަމުން ކިޔަންހުރި ޛިކުރުތައް ކިޔުމެވެ. ޚާއްޞަކޮށް ފާޚާނާއިން ވަދެ ނުކުމެވާއިރު ޛިކުރުކުރަންވާނެއެވެ. ގޭގައިވާ ޝައިޠޯނުންގެ ކިއްލާއަކީ އެއީއެވެ.

މީގެ އިތުރުންވެސް ޖިންނި މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަންނަ ބައެއް ސަބަބުތައް ފާހަގަކޮށްލާނަމެވެ.

1 ޖިންނި އަކީވެސް އިންސާނުންފަދައިން ރުޅި އަންނަ އެއްޗެކެވެ. އަދި ލޯބިވާވެސް އެއްޗެކެވެ. ހިތާވާވެސް އެއްޗެކެވެ. މިއިން ކޮންމެ ސަބަބެއް މެދުވެރިވި ނަމަވެސް އެމީހާގެ ހަށިގަނޑުގެ ތެރެއަށް ވަދެދާނެއެވެ.

2 އަހަރެމެންނަށް ޖިންނިއަށް އަނިޔާކުރެވޭކަން. މިސާލަކަށް:

ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް ނުއެދި (އަޢޫޛް ނުކިޔައި) އަތްވީއްލައި އެއްޗެތި އުކުން، ބިންމައްޗަށް ކުނިފެން، ހޫނުފެންފަދަ ތަކެތި އޮއްސައިލުން، އަދި އެނޫންވެސް ތަކެތި އުކުން

މިފަދަ އެއްވެސް ކަމެއް ކުރާނަމަ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދެންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން