ނިދީގައި ދަރިފުޅު ސިއްސަސިއްސައިގެން ދިއުން ފަދަ ކަންކަން ކުރިމަތިވާނަމަ ސަމާލުކަންދޭންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނިދީގައި ދަރިފުޅު ސިއްސަސިއްސައިގެން ދިއުން ފަދަ ކަންކަން ކުރިމަތިވާނަމަ ސަމާލުކަންދޭންޖެހޭނެ ކަންކަން-

ނިދީގައި ކުދިން ސިއްސަސިއްސައިގެން ދިއުން ފަދަ ކަންކަން ކުރިމަތިވާތީ ކުރެވިދާނެ ކަމަކާއި ގުޅިގެން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް ކުރަން ހުރި ކަންކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ

ކުދިން ނިދީގައި ސިއްސަސިއްސައިގެންދިއުން ފަދަ ކަންކަން މެދުވެރިވެއެވެ. ޑޮކްޓަރުންނަށް ދެއްކިނަމަވެސް ބަލި ނުފެނިވެސްދެއެވެ. ގިނަފަހަރު އެގޮތަށް ކަންތައް މެދުވެރިވަނީ އެކަން މެދުވެރިވަނީ ަބއްޔަކުން ކަމަށްނުވެފައި ރޫޙާނީ ކަމަކުން ކަމަށްވާތީއެވެ.

މިފަދަ ކަމެއް މެދުވެރިވާނަމަ ފުރަތަމަވެސް ވިސްނައިލާށެވެ! ނިންދަވާއިރު ކިޔަން ހުންނަ ޛިކުރުތައް ދަރިފުޅު ލައްވައި ކިޔުއްވަންތޯއެވެ؟ އަމިއްލައަށް ނުކިޔޭހައި ހަގު އުމުރުގައި މައިންބަފައިން ކިޔަމުތޯއެވެ؟

އަމިއްލައަށް ކިޔޭވަރުވުމުން ކުދިން ލައްވައި ކިޔުއްވަންވާނެއެވެ. ނިންދަވަންވީމާ ކުދިން ރީތިކޮށް ފޭރާން ބަދަލުކުރުވާ އުޞޫލުން ޛިކުރުތައް ކިޔުއްވަންވެސް ސަމާލުކަން ދެއްވާށެވެ! ޛިކުރުތައް ކިޔުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.

ތިރީގައިވާ ލިޔުމާއި ވީޑިއޯއަކީ ޢިބްރަތްތެރި ފިލާވަޅެއްކަން ފާހަގަކުރެވެއެވެ.

ޝައިޠޯނާ ނިދީގައި ހަމަލާދެނީ ހަމައެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. އަހަރެމެންގެ ތުއްތު ދަރިންނަށްވެސް ހަމަލާތައް ދެއެވެ. ވީމާ ދަރިން ނިންދަވާއިރު އެކުދިންލައްވައި ޛިކުރުތަައް ކިޔަވަންވާނެއެވެ. އާޔަތުލްކުރުސި ކިޔައިދީ ޝައިޠޯނާގެ ކިބައިން ރައްކައުތެރިކުރުވަންވާނެއެވެ.

ނަމަވެސް މިހާރަކަށް އައިސް ބައެއް ބެލެނިވެރިން ކުދިން ނިންނަދަވަންވެސް ދައްކަނީ ކޮންމެވެސް ފިލްމެކެވެ. ނިދެންދެން ކުޅެން ކުދިންގެ އަތަށް ދެނީ ގޭމެކެވެ. ނުވަތަ އެފަދަ އެޕްލިކޭޝްންތައް ހުންނަ ފޯނެކެވެ. ބައެއް ބެލެނިވެރިން ޛިކުރުތައް ކިޔައިދިނުމުގެ ބަދަލުގައި ވާހަކަވެސް ކިޔައިދެއެވެ.

އެގޮތަށް ކުދިން ނިންދެވުމުން ދެން ކަންކަންވެގެންދާގޮތް ލިޔުމުގައިވާ ވީޑިއޯއިން ފެނިވަޑައިގަންނަވާނެއެވެ. އަދި މިފަދަ ވީޑިއޯތައް ކުދިންނަށް ދެއްކުމުން ޝައިޠޯނާގެ ކިބައިން ސަލާމަތްވާން ޛިކުރުތައް ކިޔުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ. އިން ޝާ ﷲ

ވީޑިއޯ ދައްކާއިރު ވީޑިއޯގެ ހަޤީޤަތްވެސް ބުނެދޭށެވެ. މިއީ ޛިކުރުތައް ނުކިޔައި ނިދުމުން ކަންކަންވާގޮތް އަނގައިދިނުމަށް މީހުން ކުޅެފައިވާ ވީޑިއޯއެއްކަންވެސް ބުނެދޭށެވެ. ނޫންނަމަ ކުދިންނަށް އޮޅުން އަރައި ސުވާލުތައް އުފައްދާނެއެވެ. މިހާރުގެ ކުދިންނަކީ މީހަކު ބުނާހައި ވާހަކައެއް ޤަބޫލުކުރާނެ ކުދިންނެއް ނޫނެވެ. ވީމާ ކޮންމެ ކަމެއްވެސް ބުނެދޭންވާނީ ކުދިންނަށް ޤަބޫލުކުރެވޭނެ، ބަލައިގަނެވޭނެ ގޮތަށެވެ. ފައިދާކުރާނީ އެއިރުންނެވެ.

ގުޅުންހުރި ވީޑިއޯ:

https://www.facebook.com/104479347796317/videos/325384362247643

މިއަދު އޮންލައިން