ޕާކިސްތާނުގެ ދިދަ ނެގުމުން ސަލްމާން ޚާން ފުލުހަށް!

ކިޔުމަށް ހޭދަވާނީ 55ސ
ޕާކިސްތާނުގެ ދިދަ ނެގުމުން ސަލްމާން ޚާން ފުލުހަށް!

ބޮލީވުންގެ ސުޕާސްޓާރ ސަލްމާން ޚާން ކުޅެމުންދާ "ބާރަތު" ފިލްމުގައި، ޕާކިސްތާނުގެ ދިދައެއް ނެގުމުން އޭނާ ފުލުހަށް ހާޒިރު ކޮށްފިއެވެ. 

ރިޕޯޓުތަކުން ހާމަވާ ގޮތުގައި ސަލްމާން ޚާން ޕާކިސްތާނުގެ ދިދައެއް ނަގާފައިވަނީ، އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބް ގައި، އެފިލްމުގެ ޝޫޓިން އެއްގެ ތެރޭގައެވެ.

ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު އޮންނަ ޒަމާންވީ ރުޅިވެރިކަމުގެ ސަބަބުން، ޕަންޖާބުގައި އެޤައުމުގެ ދިދަ ނެގުންވީ އިންޑިއާގެ ބައެއް ރައްޔިތުންނަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. 

އެހެންކަމުން ޕަންޖާބުގެ ބައެއް ރައްޔިތުންވަނީ ސަލްމާން ޚާން އާއި ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ޕާކިސްތާނުގެ ދިދައެއް ނަގައިގެން ސަލްމާންގެ މައްސަލަ ހުށަހަޅާފައިވާއިރު، ދާދި ފަހުން މިދެ ޤައުމު ކުޅުނު ކްރިކެޓް މެޗެއްގެ ތެރޭގައި ވެސް މުމްބައި އާއި ކަޝްމީރް ގައި ޕާކިސްތާންގެ ދިދަ ނެގުމުން، އިންޑިއާގެ ބައެއް ރައްޔިތުން ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.

މިއަދު އޮންލައިން