ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިޔަސް އަދި ކުރަން ބޭނުންވާ ކަމެއް ކުރަން އުނދަގޫވިޔަސް އެމީހަކު ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު މިދުޢާކުރާށެވެ! އެމީހަކަށް އެކަމެއް ހިންމަވައި ދެއްވަވާނެތެވެ. ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތްވެސް ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
اللَّهُمَّ لاَ سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً،
وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلاً
Reference: Hisn al-Muslim 139
ދުޢާގައި އެކުލެވިގެންވާ މާނައީ: "އިނބަ ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް ކަމެއް ފަސޭހަވުމެއް ނެތެވެ. އިނބަ ﷲ އީ އިނބަ ﷲ އިރާދަކުރައްވަވާ އަޅުންނަށް ކުރިމަތިވާ ކަންކަން (ދަތިއުނދަގޫތައް، އިނބަ ﷲ ރުހިވޮޑިގަންނަވާ ވަޤުތުޖެހުމުން) ލުއިފަސޭހަކޮށްދެއްވަވާ ރަސްކަލާނގެއެވެ."
ކައިވެނި ކުރުމަށް ހުރަސްއެޅޭނަމަވެސް އިމްތިޙާނަކަށް ދިއުމުގެ ކުރިން ނަމަވެސް ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް މިދުޢާކުރާށެވެ! އެމީހަކަށް އެކަން ލުއިފަސޭހަކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
- ބިލާލް އައްސަދުގެ ދަރުސަކުން