ޖުނުބުވެރިވުމަކީ ކިތަންމެ އާދައިގެ (އެންމެންނަށްވެސް ކުރިމަތިވާ) އަދި އެކަމުގެ ޙުކުމްތައް އެންމެންނަށްވެސް އެނގެންޖެހޭނެ ކަމެއް ނަމަވެސް ނުއެނގޭ ބައަކުވެސް އެބަ އުޅެއެވެ. އެއީ ަމދު ބައަކު ކަމަކަށްވެސް މިހާރަކު ބުނެވޭކަށް ނެތެވެ.
ނިކަން ވިސްނައިލަބަލާށެވެ! ނިދީގައި މަނިބޭރުވެއްޖެނަމަ އެއީވެސް ޖުނުބުވެރިވުންކަން ނުއެނގޭ އެތައް ބައަކު އެބަތިއްބެވެ. އެއިގެ ތެރޭގައި ޔުނިވަރސިޓީތަކުން އެންމެ މައްޗަށް ކިޔަވައި ޕީއެޗްޑީ ނަގައިގެން ތިބި މީހުންވެސް ހިމެނެއެވެ.
ތަޢުލީމީ ނިޒާމަށް ނުވަތަ ކިޔަވައި ދިނުމަށް ގެނެވުނު ބަދަލުތަކާއިއެކު ދުނިޔޭގެ ފެންވަރުން ރަންވަނަ ހޯދާ ބައެއް ދަރިވަރުންނަށްވެސް ދީނުގެ މިފަދަ އަސާސީ ކަންކަންވެސް ނުއެނގޭ ގޮތަކަށް ކިޔަވައިދެވެމުން އަންނަކަމީ ވިސްނަން ޖެހިފައިވާ ކަމެކެވެ.
ޖުނުބްވެރިކަމަކީ ކޮބައިތޯ؟
ޖުނުބްވެރިކަމަކީ ކޮންމެ ގޮތަކުންނަމަވެސް މަނިބޭރުވުމެވެ. އަދި މަނި ބޭރުނުވިކަމުގައިވީ ނަމަވެސް ޖިމާޢުވެއްޖެ ނަމަވެސް މީހާ ވާނީ ޖުނުބުވެރި އަކަށެވެ. އެހެންކަމުން ޖުނުބުވެރިކަމުން ޠާހިރުވުމަށް ހިނައިގަންނަންވާނެއެވެ.
1 ކޮންމެ ގޮތަކުން ނަމަވެސް މަނިބޭރުވުން
2 ޖިމާޢުވުން
واللهأعلم
- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް