އަންހެނުންނާ ފިރިހެނުންވެސް ޢަމަލުކުރަން އޮތީ ހަމަ މި ހަދީޘްފުޅަށް!: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާށެވެ".

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަންހެނުންނާ ފިރިހެނުންވެސް ޢަމަލުކުރަން އޮތީ ހަމަ މި ހަދީޘްފުޅަށް!: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާށެވެ".

އަންހެނުންނާއި ފިރިހެނުން ނަމާދު ކުރާގޮތުގައި ތަފާތެއް ނެތެވެ. ބައެއް ފިގްހުވެރިން އަންހެނުން ނަމާދު ކުރާއިރު ވަކި ގޮތަކަށް އަތްބަހައްޓަން ނުވަތަ އެހެނިހެން ޙަރަކާތްތައްވެސް ވަކިގޮތަކަށް ކުރުމަށް ބުނާ ބުނުމުގައި ދަލީލެއް ނެތެވެ.  

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (صَلُّوا كَمَا رَأَيْتُمُونِي أُصَلِّي) މާނައަކީ: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާށެވެ"، މިއަމުރުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވެގެންވެއެވެ. އަންހެނުން ވަކި ގޮތަކަށް ނަމާދު ކުރުމަކަށް އަންގަވާފައެއް ނެތެވެ. އިސްލާމީ ޝަރީޢާތުގެ ހުރިހާ ޙުކުމްތަކެއްގައިވެސް އަންހެނުންނާއި ފިރިހެނުން ހަމަހަމަ ވެގެންވެއެވެ. ތަފާތުކުރާނެ ދަލީލެއް އައިސްފައިވާ މައްސަލައެއް ފިޔަވައެވެ.   

ނަމާދުގައި މިކަންކަމަށްވެސް ސަމާލުކަންދޭށެވެ! 

ނަމާދު ޖަމާޢަތް ގެއްލިގެން ބައިވަރު އައްތަޙިއްޔާތު ކިޔަންޖެހޭ ކޮންމެފަހަރަކު އިމާމާ އަށް ތަބަޢަ ވުމުގެ ގޮތުން އައްތަޙިއްޔާތު ކިޔަންވާނެއެވެ. 

ނަމާދަށް ފެށުމުގެ ކުރިން ކުޑަކަމުދާތަން ރަގަޅަށް ސާފުކޮށްގެން ނަމާދަށް އަރާށެވެ. ބައްޔެއްގެ ސަބަބުން އެއްޗެހިބޭރުވެ ކަންތައް ވަނީ ނަމަ ނަމާދަށް އެރުމުގެ ކުރިން ކަފަކޮޅެއް ނުވަތަ ފޮތިކޮޅަކުން އެތަނުން އެއްޗެތި ނުނިކުންނަ ގޮތަށް ބައްދާލާށެވެ. އެއަށްފަހު ޝައްކެއްގެ މައްޗަށްބިނާކޮށް އިތުރަށް ބަލަން ނުހަދާށެވެ. ޔަގީން ނުވާހާ ހިނދަކު- އިން ޝާ ﷲ ނަމާދު ޞައްޙަވާނެއެވެ.   

 

- ރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން