ރޭއަޅުކަންކޮށް ގިނަ ޘަވާބު ހޯދަން ބޭނުންވާނަމަ ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރޭއަޅުކަންކޮށް ގިނަ ޘަވާބު ހޯދަން ބޭނުންވާނަމަ ނިކަން މިކަންކަމަށް ސަމާލުކަންދީބަލަ!

ޢިޝާ ނަމާދު ޖަމާޢަތުގައިކޮށްފިމީހަކަށް، ރޭގަނޑުގެ ދެބައިކުޅައެއްބައިގަ ރޭއަޅުކަންކުރި މީހަކަށް ލިބޭ ޘަވާބުހުރި ދެއްވަވާނެތެވެ! ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިމީހަކަށް، މުޅި ރޭ ރޭއަޅުކަންކުރި މީހަކަށް ލިބޭ ޘަވާބުދެއްވަވާނެތެވެ! (ޞަޙީޙް މުސްލިމް: 260)  

މިއީ އަހަރުގެ 12 މަސްދުވަހުގެ ކޮންމެ ރެއަކަށްވެސް އޮތް ޙަދީޘްފުޅެކެވެ. މިޙަދީޘްފުޅުގައި އެވަނީ ޢިޝާނަމާދާއި ފަތިސްނަމާދު ޖަމާއަތުގައި ކުރުމުން އެމީހަކަށް މުޅިރޭ އަޅުކަންކުރިކަމުގެ ޘަވާބު ދެއްވަވާނެ ކަމެވެ.  

އެއިގެ މާނައަކީ ވިތުރިއާއި ތަހައްޖުދްނަމާދު ނުކުރިޔަސް ފުދޭނެ ކަމެއް ނޫނެވެ. ސުންނަތުން ފެންނަންހުރި ހުރިހާ ރޭއަޅުކަމެއް ކުރަންވެސް މަސައްކަތްކުރަންވާނެއެވެ. ވިތުރި އާއި ތަހައްޖުދް ނަމާދުކުރިކަމުގެ ޘަވާބު ލިބޭނީ އެ ދެ ނަމާދުކުރުމުންނެވެ. އަދި ޤުރްޢާން ކިވައި ޛިކުރުކުރިކަމުގެ ޘަވާބު ލިބޭނީ އެކަންކަން ކުރުމުންނެވެ. ﷲ ތަޢާލާއަށް ދުޢާކުރަންޖެހިފައިވާ ބޭނުންތައް ފުއްދަވައި ދެއްވަވާނީ ދުޢާކުރުމުންނެވެ. ވީމާ ގިނަ ޘަވާބާއި ގިނަ ނިޢުމަތްތައް ބޭނުންނަމަ އަހުރެމެންނަށް އޮތީ އަޅުކަންކުރުން ގިނަކުރުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން