ދެއްކުންތެރިޔާ ދުނިޔޭގަވެސް ފަޟީޙަތްކުރައްވާނެ! އަމިއްލައަށް ބޭޒާރުވެސް ވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެއްކުންތެރިޔާ ދުނިޔޭގަވެސް ފަޟީޙަތްކުރައްވާނެ! އަމިއްލައަށް ބޭޒާރުވެސް ވާނެ!

ތަޢާލާ، ދެއްކުންތެރިޔާ ދުނިޔޭގައި ފަޟީޙަތްކުރައްވާނެއެވެ. އަދި އޭނާގެ ކަންކަން ފާޅުކުރައްވާނެއެވެ. 

ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. 

«مَنْ يُسَمِّعْ يُسَمِّعِ اللهُ بِهِ، ومَنْ يُرَائِي يُرَائِي اللهُ بِهِ» [رواه مسلم 48 - (2987)]

މާނައީ: "މީހުންނަށް އިއްވުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް އިއްވަވާނެއެވެ. އަދި މީހުންނަށް ދެއްކުމަށް ކަންކަން ކުރާމީހާ ދަންނައެވެ. ﷲ އޭނާގެ ކަންކަން އޭނާ މެދުވެރިކޮށް މީހުންނަށް ދައްކަވާނެއެވެ." 

އަލްޚައްޠާބީ رحمه الله ވިދާޅުވިއެވެ.

"މި ޙަދީޘްގެ މާނައަކީ އިޚްލާޞްތެރިކަމެއް ނެތި މީސްތަކުންނަށް ދެއްކުމަށް ނުވަތަ އިއްވުމަށް ޢަމަލުކުރާމީހާގެ ޢަމަލަށް އެފަދަ ޖަޒާއެއް ދެއްވޭނެކަމެވެ. އެގޮތުން ﷲ ތަޢާލާ، އޭނާ އެކަމުގައި ބޭޒާރުކުރައްވާ، ފަޟީޙަތްކުރައްވާ އަދި އޭނާ ފޮރުވައިގެން އުޅުނު ކަންކަންވެސް ފާޅުކުރައްވާނެއެވެ. [فتح الباري لابن حجر (11 / 336)] 

އޭނާގެ ނަފްސާއި މޭގެ ތެރޭގައި ފޮރުވައިގެން އުޅުނު ކަންކަންވެސް ﷲ ތަޢާލާ ފާޅުކުރައްވާނެއެވެ.

"خطوات إلى السعادة لد. عبدالمحسن القاسم (ص: 35)"

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

މިއަދު އޮންލައިން