ސިހުރު، އެސްފީނާ ނުވަތަ ޖިންނީގެ އުނދަގުލުން ގެދޮރު ސަލާމަތްކުރަން ކުރެވިދާނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ސިހުރު، އެސްފީނާ ނުވަތަ ޖިންނީގެ އުނދަގުލުން ގެދޮރު ސަލާމަތްކުރަން ކުރެވިދާނެ ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ

 

ދިރިއުޅޭ ގެއަށް ސިޙުރުގެ އުނދަގޫވާކަމަށް ވިސްނިއްޖެނަމަ އަމިއްލައަށް ކުރެވިދާނެ ކަމެއް ބުނެދީބަލަ! 

ކިޔުންތެރިޔާ އެދިލެއްވި ކަންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ގެއަކަށް ސިހުރު އެސްފީނާ ނުވަތަ ޖިންނީގެ އުނދަގޫ ފޯރަން ފަށައިފިނަމަ އެތަނަކުން ފެންނަ ބައެއް ޢަލާމާތްތަކުގެ ތެރޭގައި، ގޭތެރެއިން އާދަޔާޚިލާފަށް ދިރޭ އެއްޗެތި ފެނުން، ނުވަތަ ގޭތެރެއިން އެކި އެކި އަޑު އިވުން ހިމެނެއެވެ.  

އެހެންކަމުން ގޭތެރެއަށް ޞިހުރު ހަދާފައިވާނަމަ މޫދު ލޮނަކީ އެ ސިހުރު ބާތިލު ކުރުމަށްޓަކައި ވަރަށް ބޮޑަށް ފައިދާކުރާނެ އެއްޗެކެވެ. އަދި ގެއަށް މޫދު ލޮނުން ކިޔަވާފައި ފެން ޖެހުމަކީ ވަރަށް ވެސް އަވަހަށް ގެތެރޭގައި ހުރި ސިހުރު ބާތިލު ވެގެން ދާ ކަމެއްކަން ފަހަގަކުރެވެއެވެ. އަދި އެއީ ޚާއްސަ ގޮތެއްގައި ޞިހުރު ހަދާފައިވާނަމަ ނުވަތަ ގޭތެރޭގައި އެސްފީނާ ނުވަތަ ޖިންނި ޝައިތާނުންގެ އުނދަގުލެއް ވަކަމުގައި ވާނަމަވެސް ފައިދާ ވެގެން ދާނެ ފަރުވާއެކެވެ.  

ގެތެރެއިން ޞިހުރު ބާތިލު ކުރުމަށް ހަދަން ޖެހޭނެ ގޮތްތައް ތިރީގައި ބަޔާން ކޮށްލާނަމެވެ.  

އެގޮތުން އެންމެ ފުރަތަމަ މޫދު ލޮނު ގެންނާނީއެވެ. ފުޅިއެއް ބޮޑު ގެއެއް ކަމުގައި ވާނަމަ  އެއަށް ވުރެ ގިނައިން ވިޔަސް މައްސަލައެއް ނެތެވެ.

އަދި މި ފުޅިއަށް ކިޔަވާނީ އާޔަތުލް ކުރްސި، ކާފިރޫން ސޫރަތް، އިޚްލާސް ފަލްގް ނާސް ސޫރަތެވެ.   

ކިޔަވާފައި ސިހުރު ބާތިލް ކޮށްދެއްވުން އެދި ކިޔަވުމަށްފަހު އެފުޅި ތެރެއަށް ފުމެލާނީއެވެ. އެއަށްފަހު ސްޕްރޭ ފުޅިއަކަށް މި ފެން އެޅުމަށްފަހު ގޭތެރެއަށް ސްޕްރޭ ކުރާނީއެވެ. ސްޕްރޭ ފުޅިއަކަށް އަޅާފައި ދެން ސްޕްރޭ ކުރަމުން ގެންދާނީއެވެ. މީގެ އިތުރުން ސްޕްރޭ ފުޅިއަށް އަޅާއިރު ބޮޑަށް ރަނގަޅީ ބޮޑު ފުޅިއަކަށް އެޅުން ކުދި ފުޅިން މިކަން އެންމެ ރަނގަޅަށް ނުކުރެވެތީއެވެ. ގެއަށް ފެއން ޖަހާއިރު މަތިމައްޗަށް ޖަހާނީ، މާ ބައިވަރު ޖަހާކަށް ނުޖެހޭނެއެވެ. ހަމަ ސްޕްރޭ ކުރަމުން ދާނީ ބިންގަނޑަށެވެ. އަދި ގޭ ސަރަހައްދު އެއްކޮސް މަތިމަތިން ފެން ޖަހާލަން ވާނެއެވެ. ހަމަ އެގޮތަށް ގޭގައި ފެން ވަޅެއް ހުރިނަމަ ފެންވަޅުގެ އެތެރެއަށް ފެންވަޅަށް އެތެރ ކައިރިއަށް ބޭރު ކައިރިއަށް ޖަހަން ވާނެއެވެ.  

ފެން ތާންގީއަށް ހުރިނަމަ ފެން ތާންގީގެ ބޭރުން ޖަހަން ވާނެއެވެ. މީގެ އިތުރުން ގޭގެ ކަންތަކަށްވެސް ޖަހަން ވާނެއެވެ. އެއްޗެއް ހަރުކޮށްފައި ހުރެގެން ނުޖެހޭނަމަ އެ ޖެހޭ ބަޔަކަށް ޖަހާނީއެވެ. އަދި ކޮޓަރިތަކާއި ފާހަނަތަކާއި ބަދިގެއާއި ހުރިހާ ކަނަކަށް ޖަހަން ވާނެއެވެ. ދެން ދޮރަށާއި ޖަހަން ވާނެ ދޮރުގެ ކަންތަކަށް ޖަހަން ވާނެއެވެ. ދޮރުގެ ކަންތަކަށް ޖަހާއިރު ޖަހާނީ ދޮރުގެ ތިން ކަންޏަށެވެ. މިގޮތަށް ހުރިހާ ދޮރަކަށް ފާހަނަ ދޮރަށާއި ކޮޓަރި ބޭރު ދޮރު ގެއަށް ވަންނަ އެގޮތަށް ހުރިހާ ދޮރަކަސް ޖަހާނީއެވެ.  

މިގޮތަށް މަދުވެގެން 7 ދުވަސް މުޅި ގެއަށް ފެން އަޅަން ޖެހޭނެއެވެ. ފެން ޖެހުމަކަށް ވަކި ގަޑިއެއް ނެތެވެ. 7 ދުވަހުން ރަނގަޅު ނުވާނަމަ 10 ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ފެން ޖެހުމަކުން މައްސަލައެއް ނެތެވެ.  މިކަމަކީ ސިހުރު ބާތިލު ކުރުމަށް ޖަހާ ފެނެއް ކަމުގައި ވިޔަށް އެސްފީނާ ގެއަށް ޖެހިގެން އެކަމަށް ޝައްކު ވާނަމަ އަދި ޖިންނި ޝައިތާނުންގެ އުނދަގޫ ގޭތެރއިން ޖެހޭނަމަ ވެސް މިކަން ކުރެވިދާނެއެވެ.  

ހަމަ އެގޮތަށް ގެތެރޭގެ އިތުރުން ފިހާރައެއް ނުވަތަ ވިޔަފާރިކުރާ އެހެން ތަނަކަސް ސިހުރު ހެދިޔަސް އެތަނަކަށް ސިހުރު ބާތިލު ކުރަން ކުރެވިދާނެ ނުވަތަ އެހެނިހެން ތަންތަނުން ސިހުރު ބާތިލު ކުރާނަމަ ހަމަ މިގޮތަށް ހެދުމުން ސިހުރު ބާތިލު ވެގެން ދާނެއެވެ. މޫދު ލޮނު ޖަހާއފައި ގާތްގަނަޑަކަށް 4 ގަނޑިއިރު ފަހުން ރިތި ފެނުން މޮޕް އަޅާލައި ސާފު ކޮށްލިޔަސް އެންމެ ރަނގަޅު ވާނެއެވެ.

 

- އައްޝައިޚް މުހައްމަދު ތާހާ

 

 

މިއަދު އޮންލައިން