ކިތަންމެ ގާތް އެކުވެރިއަކަސް ބައިވެރިޔާއާމެދު ޝައްކު އުފައްދުވައި ދެމަފިރިންގެ ދެމެދަށް ވަދެގަންނަން މަސައްކަތްކުރާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކިތަންމެ ގާތް އެކުވެރިއަކަސް ބައިވެރިޔާއާމެދު ޝައްކު އުފައްދުވައި ދެމަފިރިންގެ ދެމެދަށް ވަދެގަންނަން މަސައްކަތްކުރާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ފުރަތަމަ މިކިޔައިދެނީ ކުޑަކުޑަ ޙާދިސާއެއްގެ ވާހަކައެވެ. 

ނުލާހިކު ލޯބިން އެކުގައި އުޅެމުންދިއަ ދެމަފިރިންނެވެ. ދެމަފިރިންވެސް ވަޒީފާ އަދާކުރެއެވެ. އެއްދުވަހަކު ދެމަފިރިންގެވެސް  އެކުވެރިއަންހެނަކަށް މިފެންނަނީ ފިރިމީހާ ހިލޭ އަންހެނަކާއެކު އޮފީސްގަޑީގައި ކެފޭއެއްގައި އިންދައެވެ. 

ޙަޤީޤަތް ބަލައިލުމުގެ ބަދަލުގައި މަންޒަރު ވީޑިއޯކޮށް ފިރިމީހާއަށް ފޮނުވައިލިއެވެ. އެހިސާބުން ފިރިމީހާގެ ހިތުގައި އަނބިމީހާގެ މައްޗަށް ޝައްކުތައް އުފެދެން ފެށިއެވެ. ދެމަފިރިންގެ ގުޅުމަށް ނޭދެވޭ އަސަރުކުރަން ފެށިއެވެ. ދަނޑިވަޅު ބަލާފައި އެކުވެރި އަންހެން މީހާ ގެންދިއައީ ފިރިމީހާ އާއި ގުޅުން ބަދަހިކުރަމުންނެވެ. 

އޭނާގެ މަކަރުވެރި ރޭވުން ކާމިޔާބުވުމުގެ ކުރިން އެފިރިމީހާއަށް ފެނުނީ އެކުވެރިޔާ ހަމަ ކެފޭއެއްގައި 2 ފިރިހެނުންނާއިއެކު އިނދެ އެދެމީހުންނަށް ދޮންދީ މަޖާކުރަމުން ގެންދާ ތަނެވެ. އެހިސާބުން އޭނާގެ ޙަޤީޤަތް ވިސްނުނެވެ. 

ފިރިމީހާ ވަރަށް ލަދުން ހުރެ އަނބިމީހާއަށް (އެކުވެރިޔާ ފޮނުވާފަ އޮތް) ވީޑިއޯ ދައްކާފައި މިއީ ކޮން ފިރިހެނަކުތޯ ސުވާލުކުރިއެވެ. އަނބިމީހާގެ ޖަވާބަކަށްވީ އޭނާގެ ދެބެއިންގެ ދެދަރި ކޮއްކޮއަކު ކަމަށެވެ. އޭނާގެ މަންމަ (އަނބިމީހާގެ ބޮޑު ދައިތަ) އޭނާއަށް ދިން ހަދިޔާއެއް ހިފައިގެން އޮފީހަށް އައިދުވަހަކު ދެބެއިން އެކުގައި ކޮފީއެއް ބޯންތިބީ ކަމަށެވެ. 

އެހިސާބުން ކަންކަން ވެގެން މިއުޅޭ ގޮތް ދެމަފިރިންނަށްވެސް ވިސްނުނެވެ. މިބުނީ ދެމީހުންގެ ގުޅުން ހީނަރުވަމުންދާ ސަބަބު ވިސްނުނެވެ. ފިރިމީހާ ވަޤުތުން މާފަށް އެދި ޙަޤީޤަތް ކިޔައިދިނެވެ. 

އަނބިމީހާ ބުންޏެވެ. "ރަނގަޅުތާއެވެ. ގޭގެ ކުލި ނުދެއްކިގެން އައިސް އެދުނީމާ އިއްޔެވެސް ލޯނަކަށް 1000 ރިޔާލަ ދިނީމެވެ." 

އެހިސާބުން ދެމީހުން މަޝްވަރާކޮށް އެކުގައި އުޅެމުން ގެންދިއައީ ކުރިއަށްވުރެވެސް ލޯބިންނެވެ. އެކަކު އަނެކަކަށްކުރާ އިތުބާރު ބޮޑުކޮށްގެންނެވެ.

މިހުރީ ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. މިފަދަ ކަންކަމަށް އޮތް ޙައްލަކީ ކޮންމެ މީހަކު ކޮންމެ ފަދަ ކަމެއް ކުރިޔަސް ދެމަފިރިންގެ މެދުގައި އެކަމަށް މަޝަވަރާކޮށް ޙަޤީޤަތް އޮޅުންފިލުވުމެވެ. އެންމެ ގާތް އެކުވެރިންނަށްވެސް އިތުބާރު ނުކުރުމެވެ. ނޫންނަމަ އަބަދުވެސް ތިބެންޖެހޭނީ ކަންބޮޑުވުމުގެ ތެރޭގައެވެ. މައްސަލަތައް ގިނަވެ ދެމަފިރިންނަށް އެކުގައި ނުއުޅެވޭ ޙާލަތަށްވެސް ކަންކަންދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޢިބްރަތްތެރި ވާހަކަ

 

މިއަދު އޮންލައިން