ކޮންމެ އަންހެނަކުވެސް ކައިވެނިކުރަން ރުހޭއިރު މިކުއްޖާގެ ވިސްނުމުން ވިސްނާނެނަމަ ހާދަ ރަނގަޅުވީހެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކޮންމެ އަންހެނަކުވެސް ކައިވެނިކުރަން ރުހޭއިރު މިކުއްޖާގެ ވިސްނުމުން ވިސްނާނެނަމަ ހާދަ ރަނގަޅުވީހެވެ!

ކައިވެނިކުރެވޭ އަނހެން ކުއްޖާއަށް އެންމެ ފައިދާކުރާނީ ކޮންކޮން ކަންކަމަކަށް ވިސްނައިގެން ކައިވެނިކުރީމަތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް މިއީ އެންމެ ފުރިހަަމ ޖަވާބަކަށް ނުވެވެސް ހިނގައިދާނެއެވެ. އެއީ ލިޔުމުގައި ބަޔާންކުރެވިފައިވާވަރު ކުޑަކަމުންނެވެ. ނަމަވެސް މިކުއްޖާގެ ވިސްނުމުން ވިސްނައިފިނަމަ ފައިދާކުރާނެކަން ޔަޤީނެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!

އިންސާނުންގެ ކިބައިގައި މިހުންނަނީ 2 ބާވަތެއްގެ ސިފަތަކެވެ. އެއީ އަޚަލާޤީ ގޮތުން ހުންނަ ސިފަތަކާއި ބޭރުފުށުގެ ސިފަތަކެވެ.  

އަންހެން ދަރިން ކައިވެނިކޮށްދޭއިރު ކައިވެނިކޮށް މިދެވެނީ އެކުދިން ރުހޭ ފަދަ މީހަކާއިކަން ބަލަން އޮތީ މީގެ ތެރެއިން ވަކި ސިފައަކުން ނޫނެވެ. 2 ސިފައިންވެސް ބަލަން ޖެހޭނެއެވެ.  

"ކައިވެންޏަށް ހުށަހަޅާ ފިރިހެނާ އަށް ބެލުމަކީ އެދެވިގެންވާ ކަމެކެވެ. އަންހެން ކުއްޖާ ހިތްހަމަ ޖެހޭ ފަދަ މީހަކަށް ވުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް މިގޮތުން ދެމީހުން ބައްދަލުވާ ހިނދުގައި މަޙްރަމަކު ހުރުން ކޮންމެހެން ލާޒިމްވެގެން ވެއެވެ." 

މިބުނެވުނީ ބޭޜުފުށުގެ ސިފައިގެ ވާހަކައެވެ. ހަމައެފަދައިން އޭނާގެ ކިބައިގައި ހުންނަ އަޚްލާޤީ ސިފަތަކަކީވެސް ބަލަންޖެހޭނެ ކަންކަމެވެ. މިސާލަކަށް ބައެއް މީހުންނަކީ ވަރަށް އަނގަގަދަބައެކެވެ. އަނެއްބައަކު ވަރަށް ގިނައިން ވާހަކަދައްކާނެއެވެ. އަނެއްބައަކު އެކަމުގައި މެދުމިން ގެންގުޅޭނެއެވެ.  

ހަމައެކަނި ވާހަކަދެއްކުމަށް ބެލިމަވެސް ނުގުޅޭ ތަފާތު 2 މީހަކު ކައިވެނިކޮށްގެން އުޅުންވެފައި އޮންނާނީ ވަރަށް ދަތިކަމަކަށެވެ.  

ދެން އޮތީ ދީނީ ޢިލްމުވެރިންނަށް އިސްކަން ދިނުމެވެ. "ދީނީ ޢިލްމު ލިބިގެންވަ މީހަކު ނަމަ އެފަދަ މީހަކު އިޚްތިޔާރު ކުރުން ބޮޑަށް އެދެވިގެންވެއެވެ." މިބަސްފުޅު ބަލައިގަނެ ޢަމަލުކުރަން ޖެހޭނީ ލިބިފައިވާ ދީނީ ޢީލްމަށް ޢަމަލުކުރާނަމައެވެ.  

އަހުރެން އިންތަނެއްގައި ހިނގި ކަމެއްގެ ވާހަކަ ބުނެލާނަމެވެ. ކައިވެންޏެއް އެދިގެން ދިއައީ ދީނީ ޢިލްމުވެރިއެކެވެ. ދަރިފުޅަށް އެކަން ވިސްނައިދީ ދީނީ ޢިލްމުވެރިއަކާއި ކައިވެނިކުރަން ފުރުޞަތު ލިބުމަކީ ރަޙްމަތެއް ކަމަށް ބައްޕަ ބުނުމުން ދަރިފުޅު ސުވާލުކުރިއެވެ.  

"ތިބާ ރޭ ފަތިސްނަމާދުކުރީ ކޮން މިސްކިތަކުތޯއެވެ؟" އޭނާ ބުނީ ރޭ ޙޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެން ބުނުމުން އަނހެންކުއްޖާ ސުވާލުކުރިއެވެ. "ޢާންމުކޮށް ފަތިސްނަމާދު ކުރައްވަނީ ކޮންމިސްކިތެއްގެ ޖަމާޢަތުގައިތޯއެވެ؟ އެމިސްކިތުގެ އިމާމާ ބައްދަލުކޮށްލަން ބޭނުމެވެ."  

އެހިސާބުން ބައްޕަ މަސައްކަތްކުރީ ޢިލްމުވެރިންނަށް އިޙްތިރާމްކުރަން ޖެހޭނެކަން ބުނެދިނުމަށެވެ. ދަރިފުޅު ބުންޏެވެ! "ޢިލްމު ލިބުމުން ޢަމަލުނުކުރާނަމަ އޭނާގެ ޖާހިލުކަން، ޖާހިލަކަށްވުރެ މާބޮޑުނޫންތޯއެވެ؟ ލޯބިވާ ބައްޕާއެވެ! ލޯބިވާ މަންމާއެވެ! ބައްޕަމެންނަށް އެނގި ނުލެއްވި ނަމަވެސް އަޅުގަނޑު ދަމުނަމާދު ކުރަމެވެ. ފަތިސްނަމާދުވެސް ކުރަމެވެ. އަޅުގަނޑާއި ކައިވެނިކޮށްގެން އަޅުގަނޑު ގޮވައިގެން ނަމާދުކުރަން ތަމްރީންދޭންޖެހޭ މީހަކާއި ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. އަޅުގަނޑު ބޭނުންވަނީ މިހާރުވެސް އެކަންކުރަމުންގެނދާ އަދި އަޅުގަނޑަށް އިތުރަށް ބާރުއަޅައިގެން އެކަންކަން ކުރުވާނެ ފިރިއަކަށެވެ." ބައްޕައަށް ޖެހުނީ އެހިސާބުން މަޖިލިސް ނިންމައިލާށެވެ!

 

- އަލަފް / މިއަދުނޫހަށް

 

 

 

މިއަދު އޮންލައިން