ކުރާ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތައްވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހެޔޮ ޢަމަލުކަމަށް ބަދަލުކޮށްލެވިދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކުރާ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތައްވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހެޔޮ ޢަމަލުކަމަށް ބަދަލުކޮށްލެވިދާނެ! އިން ޝާ ﷲ

ބޮޑެތި ހެޔޮ ޢަމަލުތައް ކުރުމުން ނޫނީ ފައިދާއެއް ނުކުރާނެ ކަމުގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެއީ ކުދިކުދި ހެޔޮ ޢަމަލުތައް ކުރުން ގިނަކޮށް ސުވަރުގެ ލިބުމަށް ހުރަސް އަޅަން ޝައިޠޯނާ ދޭ ނުބައި ވިސްނުމެކެވެ. 

އަހަރެމެން ކުރާ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތައްވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ހެޔޮ ޢަމަލުކަމަށް ބަދަލުކޮށްލުމުގެ ފުރުޞަތު އޮތީ ވަރަށް ފަހިކޮށެވެ. 

އެހެނީ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު ކަމަކީ ދާއިމީ ގޮތެއްގައި ކުރެވޭ ކަންތައް ކަމުގައިވާތީއެވެ! 

މިޘާލަކަށް ކޮންމެ ދުވަހަކު ހެނދުނުގެ ވަޤުތުގައި ޟުޙާ ނަމާދުގެ 2 ރަކްއަތް ކޮށްލަބަލާށެވެ! ދުވަސް ފަށައި ކީރި ޤުރުއާނުން އެންމެ މަޣްރައެއް ކިޔަވާލައިގެން ކަމަށް ހަދައިބަލާށެވެ! އޮފީހުގައި އުޅޭ މަސައްކަތު މީހަކަށް ސައިބޮއިލަން ކޮންމެ ދުވަހަކު އެންމެ 10 ރުފިޔާ ދިއްކޮށްލަބަލާށެވެ! 

މިއަދު އަރައިގަންނަ ފޯރީގައި ބައިވަރުއަޅުކަން ކުރަން ފަށާއި މާދަމާ އުނދަގޫވެގެން ހުއްޓާލީމާ  ކަމަކު ނުދާނެއެވެ. މޫނުބުރުގާ އެޅުންފަދަ ކަންކަމުގައިވެސް އޮތް ގޮތަކީ ދާއިމަށް އަޅައިގެން އުޅުމަށް ނިޔަތްގަނެ، މީހަކު ކިޔާ އެއްޗަކަށް ބެލުމެއްނެތި އަވަހަށް މޫނު ބުރުގާ އެޅުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން